ލެވެންޑޯސްކީގެ ގަދަ ފަހެއްގައި މެސީއާއި ރޮނާލްޑޯ ނުހިމެނޭ

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބާޓް ލެވެންޑޯސްކީއަށް އެންމެ މޮޅު ފަސް ސްޓްރައިކަރުން ހާމަކޮށްފިއެވެ.

މިސީޒަންގައި ލެވެންޑޯސްކީގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުންދާއިރު، ބުންޑެސްލީގާގައި ކުޅުނު 23 މެޗުން 25 ލަނޑު ޖަހައި 1 އެސިސްޓް އޭނާ ހަދާފައިވެއެވެ. މީގެއިތުރުން ޗެމްޕިއަންސް ލީގުގައި ކުޅުނު 6 މެޗުން 11 ލަނޑު ލެވެންޑޯސްކީ ކާމިޔާބުކޮށްފައިވެއެވެ.

ލެވެންޑޯސްކީ ނެގި މިލިސްޓުން އޭނާއަށް ޖާގައެއް ދީފައިނުވާއިރު، ދުނިޔޭގައި އެންމެ މޮޅު ދެ ފުޓްބޯޅަ ކުޅުންތެރިންކަމަށް އެތަށްބަޔަކު ބަޔަކު ޤަބޫލުކުރާ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ހިމަނާފައެއް ނުވެއެވެ.

އެގޮތުން ލެވެންޑޯސްކީއަށް އެންމެ ކަމުދާ އެންމެ މޮޅު 5 ސްޓްރައިކަރުންގެ ގޮތުގައި ނަގާފައިވަނީ ކަރިމް ބެންޒެމާ، ޓިމޯ ވާނާރ، ލުއިޒް ސުއަރޭޒް އަދި ސާޖިއޯ އަގުއޭރޯގެ އިތުރުން ކީލިއަން އެމްބާޕޭއެވެ.

މީގެއިތުރުން ޒުވާން ހާލަންޑާއި ގުޅޭގޮތުން ސުވާލުކުރުމުން ލެވެންޑޯސްކީ ބުނީ، އޭނާގެ ކިބައިގައިވެސް ހުނަރުހުރިކަމަށާއި، އެހެންނަމަވެސް މިލިސްޓަށް އޭނާ އަރަން އަދި ދުވަސް ނަގާނެކަމަށެވެ. އަދި މަސައްކަތްކޮށްފިނަމަ މިހާރަށްވުރެވެސް އޭނާ ކުރިއަރާނެކަމަށާއި، ކޮންމެވެސް ދުވަހަކުން ދުނިޔޭގެ އެންމެ މޮޅު ސްޓްރައިކަރަށް ހާލަންޑުވުމަކީ ވެދާނެކަމަށްވެސް ލެވެންޑޯސްކީ ބުންޏެވެ.

މިއަހަރުގެ ޖެނުއަރީމަހު ޑޯޓުުމުންޑާއި ގުޅުނު ހާލަންޑް މިސީޒަންގައި މިހާތަނަށް 37 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، އޭނާވަނީ ބުންޑެސްލީގާގައި ކުޅުނު ފުރަތަމަ 9 މެޗުން ޖުމްލަ 10 ކާމިޔާބުކޮށްފައެވެ.

ޑޯޓުމުންޑަށް ބަދަލުވި ފަހުން މިހާތަނަށް އެކްލަބަށް ހާލަންޑު ކުޅެދިން 12 މެޗުން 13 ލަނޑު އޭނާ ކާމިޔާބުކޮށްފައިވެއެވެ. ޖަރުމަނަށް ބަދަލުވުމުގެ ކުރިންވެސް ލަނޑު ޖެހުގެ ހުނަރުން އެތަށް ބަޔަކު ހައިރާންކޮށްލި ހާލަންޑްވަނީ ކުރީގެ ކްލަބު ސަލްޒްބާގަށް 14 މެޗުން 16 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޖަރުމަނު ބުންޑެސްލީގާގައި މިރޭ ޑޯޓުމުންޑާއި ޝާލްކޭ ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑުވެސް ޖަހާފައިވަނީ ހާލަންޑެވެ. އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ޑޯޓުމުންޑުން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ