ހުއްދަނެތި ބޭރުގައި އުޅުނު އިތުރު 93 މީހަކު ޖޫރިމަނާކޮށް، 5 މީހަކު އިއްޔެ ޙައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އިއްޔެ މާލެއިން ހުއްދަނެތި ބޭރުގައި އުޅުނު އިތުރު 93 މީހަކު ޖޫރިމަނާކޮށް، 5 މީހަކު ޙައްޔަރުކޮށްފައިވާކަމަށެވެ. އަދި މިފަސް މީހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކުށް ތަކުރާރު ކޮށްގެންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، ހުއްދަ ނެތި ބޭރުގައި އުޅެގެން މިހާތަނށް ޖުމްލަ 224 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށެވެ. އެއާއެކު 3،500 އަށްވުރެ ގިނަ މީހުން މިހާރުވަނީ ޖޫރުމަނާކޮށްފައެވެ.
93 people were fined and 5 people were arrested yesterday for violating lockdown orders. Till now, 224 people have been arrested for violating lockdown orders. #StayHomeStaySafe#COVID19Maldives pic.twitter.com/NPkE47mnqI
— Maldives Police (@PoliceMv) May 17, 2020
ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމުގެ ގޮތުން މާލޭ ސިޓީ މިހާރު ލޮކްޑައުން ކޮށްފައިވާއިރު ހުއްދަނެތި މަގުތައްމައްޗަށް ނިކުމެ އުޅޭ ފަރާތްތަކާއި ދެކޮޅަށް ފުލުހުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ.
އެގޮތުން ކާފިއުގެ ވަގުތުގައި މަގުތަކަށް ނުކުންނަ މީހުން ޖޫރިމަނާކުރަން ނިންމާފައި ވަނީ 1،000 ރުފިޔާއިންނެވެ. އަދި ޖޫރިމަނާކުރަނީ ތިންވަނަ ފަހަރަށް ނަސޭހަތް ދިނުމަށްފަހު ހަތަރުވަނަ ފަހަރަކަށް މަގުމަތިން ފެނުމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިފަދަ ދަނޑިވަޅެއްގައި އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމާބެހޭ ފަރާތްތަކުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ބޯލަނބައި އެޔަށް އަމަލުކުރުމަށް އެފަރާތްތަކުންދަނީ އިލްތިމާސް ކުރަމުންނެވެ.



