ފުލުހުން ހޯދަމުންދާ ޢަލީ ނާޘިމް - ފޮޓޯ: ޕޮލިސް

މީހަކު ހޯދަން ފުލުހުން ފޮޓޯ އާއްމުކޮށްފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް މީހަކު ހޯދަން ފުލުހުން ފޮޓޯ އާއްމުކޮށް އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ  މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ / އުނިތޮށިގެ، ޢަލީ ނާޘިމް (47އ) ކަމަށެވެ.

ނާޘިމްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

ފުލުހުންގެ ތަޙުޤީޤަށް މީހުން ހޯދުމުގައި އާއްމު ރައްޔިތުންގެ އެހީތެރިކަމަށް ފުލުހުން ދޭތެރެ ދޭތެރެއިން އެދިލައްވާއިރު، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އާއްމު ރައްޔިތުންނަށް ފުލުހުން ޝުކުރު އަދާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ