މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާގެ ރަސްމީ ކާރުކޮޅު އެކްސިޑެންޓް ވެއްޖެއެވެ.
މިނިސްޓަރުގެ ކާރުކޮޅާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވަނީ މާލޭ ރިންގު ރޯޑުގައި، ކާނިވަލް ސަރަހައްދުންނެވެ.
މިއަދު ހެނދުނު 10:00 ކަންހާއިރު މިނިސްޓަރުގެ ކާރު އެކްސިޑެންޓްވެފައިވަނީ މިނިސްޓަރު އާތިފާވެސް ކާރުކޮޅުގައި އިންނަވަނިކޮށް ކަމަށް މަންޒަރު ދުށް ފަރާތަކުން "ފެށުމަށް" ވަނީ ބުނެފައެވެ. އެފަރާތުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ރިންގް ރޯޑަށް ނިކުތް ސައިކަލެއްގައި މިނިސްޓަރުގެ ކާރުކޮޅު ޖެހިގެން ކަމަށެވެ.

ފެށުމަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިނިސްޓަރ އާތިފާގެ ކާރުކޮޅުޅާއި ސައިކަލް ޖެހިފައިވާއިރު، ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މިނިސްޓަރ އާތިފާގެ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް އަދި ނުވެފައެވެ.




