ކަތި ނަޒަރަކުން މަޝްހޫރުވި ޕްރިޔާ އޭނާގެ އިންސްޓަގްރާމް އައިޑީ ޑީއެކްޓިވޭޓް ކޮށްލައިފި

މީގެ ދެ އަހަރުކުރިން ޕްރިޔާ ޕްރަކާޝް ވާރިޔާ ސޯޝަލް މީޑިއާގެ ރާނީއަކަށްވެގެން ދިޔައީ އެއްލޯމަރާލުމަކުންނެވެ. އެއީ އޭނާގެ ފުރަތަމަ ފިލްމު ”އޯރޫ އަދާރް ލަވް” ގެ މަނޒަރެކެވެ. އެންމެ ފިލްމެއްގެ މަންޒަރަކުން މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ޕްރިޔާ މިވަނީ އޭނާގެ އިންސްޓަގްރާމް އައިޑީ ޑީއެކްޓިވޭޓް ކޮށްލާފައެވެ.

ޕްރިޔާގެ ކަތި ނަޒަރު ސޯޝަލް މީޑިއާގައި ވައިރަލް ވުމަށްފަހު މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ އިންސްޓަގްރާމް ފޮލޯވާރސްގެ އަދަދު މިލިއަނަށް އަރައިގެން ދިޔައެވެ.

ޕްރިޔާ އިންސްޓަގްރާމް އައިޑީ ޑީއެކްޓިވޭޓް ކޮށްލި ސަބަބު ހާމަކޮށްފައި ނުވާއިރު ބައެއް ނިއުސް ތަކުގައި ރިޕޯޓްކޮށްފައިވާގޮތުން އޭނާގެ ބައްޕަ ބުނެފައިވަނީ ޕްރިޔާ މިގޮތަށް ކަންތައް ކޮށްފައިވަނީ ސްކްރީން ޓައިމް އިން ބްރޭކެއް ބޭނުންވެގެން ކަމަށާއި އެއީ ވަގުތީ ނިންމުމެއް ކަމަށެވެ. އަދި ޕްރިޔާ ބޭނުންވުމުން އަލުން އިންސްޓަގްރާމް ޕްލެޓްފޯމްއަށް ޖޮއިން ކުރާނެކަމަށެވެ.

އެފިލްމަށްފަހު ޕްރިޔާވަނީ އިސްތިހާރުވެސް ކުޅެފައެވެ. އަދި ޝާހްރުކްޙާން އެކީ ފިލްމެއް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށް ޕްރިޔާ ވަނީ މީގެކުރިން ބުނެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ