އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އަދި ޕޯޗުގަލްގެ ކްރިސްޓްިއާނޯ ރޮނާލްޑޯވެސް، ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯއާއި އަޅާ ނުކިޔޭނެކަމަށް ބްރެޒިލްގެ ޤައުމީޓީމަށް ކުރިން ކުޅުނު ރޮބާޓޯ ކާލޮސް ބުނެފިއެވެ.
ކާލޮސްއާއި ކުރި ސުވާލަކަށް ޖަވާބަކަށް އޭނާ ބުނީ، ބްރެޒިލްގެ ރޮނާލްޑޯއަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަމަށާއި، އެފަދަ ދެވަނަ ރޮނާލްޑޯއެއް ނުއުފެދޭނެކަމަށެވެ. އެގޮތުން ނޭމާ އަދި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން މެސީވެސް ބްރެޒިލްގެ ރޮނާލްޑޯއާއި އަޅާނުކިޔޭނެކަމަށް ކާލޮސް ބުންޏެވެ.
ކާލޮސް އިތުރަށް ބުނީ އެމީހުންގެ ދުވަސްވަރު ފަހަތުގައި ކުޅެނީ ވަރަށް ފިޒިކަލް ގޭމެއްކަމަށާއި އެހެންކަމުން އެދުވަސްވަރު ލަނޑު ޖެހުމަކީ ވަރަށް އުނދަގޫކަމެއްކަމަށެވެ. އެހެންނަމަވެސް އެއިރުވެސް ޑިފެންޑަރުންގާތު ބޭނުން އެއްޗެއް ހަދާލުމަށްފަހު ބްރެޒިލްގެ ރޮނާލްޑޯ ލަނޑު ޖަހާކަމަށް ކާލޮސް ބުންޏެވެ.
ހަލުވި ކުޅުމެއް ލިބިފައިވާ ގޯލާއި ރައްޓެހި ބްރެޒިލްގެ ރޮނާލްޑޯގެ ކެރިއަރަށް ހިޔަނި އެޅިގެން އައީ އޭނާގެ ކަކުލަށް ލިބުނި ބޮޑު އަނިޔާއަކާއި ގުޅިގެންނެވެ. އެހެންނަމަވެސް އޭނާވަނީ 2 ބެލޮންޑިއޯ ކާމިޔާބުކޮށްފައެވެ. އޭނާ ކުޅެފައިވާ ކްލަބުތަކުގެ ތެރޭގައި ބާސެލޯނާ، ރެއަލްމެޑްރިޑް، އަދި އިންޓަރ މިލާންގެ އިތުރުން އޭސީ މިލާންވެސް ހިމެނެއެވެ.
މީގެއިތުރުން ބްރެޒިލްއާއެކު 2 ވޯލްޑްކަޕެއް ރޮނާލްޑޯ ކާމިޔާބުކޮށްފައިވާއިރު، ފީފާގެ އެންމެ މޮޅު ފިރިހރން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް 3 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވެއެވެ.
އަނެއްކޮޅުން މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ދެކުޅުންތެެރިންކަމަށް ޤަބޫލުކުރާ އެތަކެއް ސަޕޯރޓަރުންނެއްވެއެވެ. އަދި ފުޓްބޯޅައިގެ ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ދެކުޅުންތެރިންނަކީ މިއީކަމަށް ޤަބޫލުކުރާ މީހުން ވަކި މަދެއް ނުވާނެއެވެ.
ބެލޮންޑިއޯ އެވޯޑު މެސީ މިހާތަނަށް 6 ފަހަރެއްގެ މަތިން ހޯދާފައިވާއިރު، ރޮނާލްޑޯވަނީ 5 ފަހަރެއްގެ މަތިން މިއެވޯޑު ހޯދާފައެވެ. 2008 ވަނަ އަހަރުން ފެށިގެން 2019 އާއި ހަމައަށް ބަލާލާއިރު މެސީ އަދި ރޮނާލްޑޯގެ އިތުރުން މިއެވޯޑު ލިބިފައިވަނީ އެންމެ ކުޅުންތެރިއަކަށެވެ. އެއީ 2018 ވަނަ އަހަރުއެވެ. އެއަހަރު މިއެވޯޑު ޙާސިލްކޮށްފައިވަނީ ކޮރޭޝިއާގެ މެދުތެރެއަށް ކުޅެމުން އަންނަ ލޫކާ މޮޑްރިޗެވެ.




2 Responses
Baggio and del Piero and Totti and Pirlo are better than all these names used in this article..
3 ބެލޮންޑިއޯ