މީސް މީޑިއާގައި ބަނބުކެޔޮ ތިޔާގިވެއްޖެ! މި ވަނީ ކިހިނެއް؟

މިދުވަސްކޮޅު މުޅި ސޯޝަލް މީޑިއާގައި މީހުންތައް އެއް އަޑަކަށް ދައްކަމުން ދަނީ ބަނބުކެޔޮލުގެ ވާހަކައެވެ. ފޭސްބުކް އަށް ވަދެލިޔަސް މިހާރު  ފެންނަނީ، އެންމެންތައް ބަނބުކެޔޮ ގަހާއި ތެލުލި ކޭލުގެ ފޮޓޯތަކާއި އަދި ދިވެހިން ބަނބުކެޔޮލަށްް އޮތް ލޯބި ބަނޑުކުރަމުން ދާތަނެއެވެ. ފުރަތަމަވެސް ހިތައް އެރީ ތެލުލި ބަނބުކެޔޮލުގެ މޫސުން ރާއްޖެއަށް އާއިތާއެވެ!. އެކަމަކު މިފަހަރު މިއުޅެނީ ބަނބުކެޔޮ ގަހުގައި ކެޔޮ ހަރުވެ ތެލުލި ކޭލުގެ މޫސުމެއް އައިސްގެނެއް ނޫނެވެ.

މިވީ ގޮތެއް އިނގޭހެއްޔެވެ؟ މިއީ އިހަކަށް ދުވަހު، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކޮންމެ ފަސް އާއިލާ އަކަށް ބަނބުކެޔޮ ގަހެއް ހެއްދުމަށް މަޖިލީހުގެ އެންވަޔަރަމެންޓު އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީ އިން ސަރުކާރަށް ހުށަހެޅުމާއި ގުޅިގެން ހިނގައިގެން އުޅޭކަމެކެވެ. ދިވެހިންނަަށް މިކަންތައް މާ މަޖާކަމަށްވެސް، ޖޯކަކަށް ހަދައިގެން ބަނބުކެޔޮގަހުން، މުޅި ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރުތައް ފާޅުކުރަނީއެވެ.

ކޮންމެއަކަސް، ފޭސްބުކްއަށް ވެދެ ބަނބުކެޔޮލާއި ހެދި ކުރިއަށް ހިނގައި ނުގެނެވޭވަރަށް ދިވެހިން ވަނީ މިކަންތައް ބޮޑު ކޮށްލާފައެވެ. ފޭސްބުކްގައި ފޮޓޯއެއް ހިއްސާކުރިޔަސް ހިއްސާކުރަނީ، ބަނބުކެޔޮ ގަހެކެވެ. ރަނަށް ވުރެ އަގުބޮޑު ޖަވާހިރަކަށް ދިވެހިންނަށް މިހާރު ބަނބުކެޔޮ ގަސް ވެއްޖެ ކަމަށް ބުނެ ސްޓޭޓަަސްތައްވެސް ޖަހަނީއެވެ. އިންނަން ރަން ކިޔާނީވެސް ބަނބުކެޔޮ ގަހަށް ކަމަށްބުނެ މާ މަޖާ ވެގެން މިވާހަކަ ދައްކަނީއެވެ.

އަދި މިވަރަކުން ނިމުނީކީ ނޫނެވެ. މި ކަންތައް ޖޯކަކަށް ޖަހާ ފިލްމްތައް ކުޅެ އޭގެ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަނީއެވެ. ކޮންމެއަކަސް މިއީ ލޮކްޑައުންގައި ގޭގައި ތިބެ ކުރާނެ ކަމެއް ނެތި ފޫހިވެގެން އުޅޭ ދިވެހިންގެ އަމަލުތައް ހުންނަގޮތެވެ. ޖޯކު ޖަހާލާނެ ވާހަކައެއް ލިބުމުން އެ ކަމުގައި ވަކި ހިއްޕާލާ ފޯރި ގަދަކޮށްލީއެވެ.

ހަޤީގަތަކީ، މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން ޕްރޮގްރާމެކެވެ. އަދި ބަނބުކެޔޮ ގަސް ހެއްދުމުގެ އިތުރުން، ދަނޑުވެރިކަމާއި، ކުކުޅު ގެންގުޅުންފަދަ މަސައްކަތްތައް ހިންގުން އެކުލަވާލާފައިވެއެވެ. އެހެންކަމުން އަދި މިއީ ޖޯކު ޖަހާވަރުގެ ކަމެއްގެ ގޮތުގައި ނުފެނެއެވެ.

ކޮންމެއަކަސް، މިއަހަރު ޑޮލްގާނާ ކޮފީއަކުން ފެށިގެން، ކެއަރ ރިއެކްޓެއް ނުލިބިގެން ރުއި ދިވެހިންނަށް މިއޮތީ ވަރުގަދަ ބަނބުކެޔޮ މޫސުމެއް އައިއްސަތާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ