މާލޭ އެސްޓީއޯ ފުށް ގުދަން ސަރަހައްދުގައި ފެންބޮޑުވެއްޖެ

މިއަދު މެންދުރުފަހު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަގުތަކުން ފެންހިއްކުމަށް ސިފައިން ނިކުމެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މާލޭ ސިޓީއަށް ބޯކޮށް ވޭރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށެވެ.

މިގޮތުން މިރޭ 18:36 ހާއިރު އެސްޓީއޯ ފުށް ގުދަން ސަރަހައްދުގައި ފެން ބޮޑުވުމުގެ ސަބަބުން އެ ސަރަހައްދުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސިފައިން ވިދާޅުވިއެވެ.

އައިޖީއެމްއެޗް ސަރަހައްދަކީ ވިއްސާރަވެއްޖެނަމަ އާންމުކޮށް ފެންބޮޑުވާ ސަރަހައްދެކެވެ. އެ ސަރަހައްދުން ފެންހިއްކުމަށް ސިފައިން ޕަމްޕު ޖެއްސުމަކީ އާންމުކޮށް ކުރާކަމެކެވެ.

ފެންބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅުމަށް ދަތުވެފައިވާއިރު ދުއްވާ އެއްޗެހި ދުއްވުމަށްވެސް ވަނީ ދަތިވެފަ އެވެ.

މިރޭގެ މޫސުން ކުރިއަށް ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ކުރާނެ އެވެ. ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓުން ލަފާކޮށްފައިވާއިރު ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
6
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ