ބޭރުގެ ފިލްމީ އިންޑަސްޓްރީގެ ތަރިންނަކީ އަބަދުވެސް ރީތިކޮށް ހުރުމަށް މަސައްކަތް ކުރާ ބައެކެވެ. އެގޮތުން އެމީހުންގެ ދިރިއުޅުމުގެ އެއްބަޔަކީ، މޭކަޕް ނުވަތަ ކޮސްމެޓިކްސް ގެ ބާވަތްތަކެވެ. އަބަދުމެހެން އެމީހުންގެ ފަރާތުން ޕަޕަރާޒީން ރެޔާއި ދުވާލު ދުވާއިރު، އަބަދުވެސް މޭކަޕް ކޮށްގެން ހުރުމަކީ ފިލްމީ ތަރިންނަށް ވަރަށް މުހިއްމުކަމެކެވެ. އެގޮތުން މަގުމައްޗަށް ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނުކުތަސް އެމީހުން ނުކުންނަނީ މޭކަޕްކޮށްގެންނެވެ.
އެހެންކަމުން ބޮލީވުޑް އަދި ހޮލީވުޑްގެ އެކްޓްރެސް އިންގެ އަސްލު ސޫރަ މޭކަޕާއި ނުލާ ފެނުމަކީ ވަރަށް މަދު ފަހަރަކު ނޫނީ ނުވާނެކަމެކެވެ. އެހެންނަމަވެސް، ކޮވިޑް-19 ގެ ލޮކްޑައުން އާއެކު، ހޮލީވުޑްގެ ބައެއް ތަރިން މިފެންނަނީ ވަރަށް ތަފާތުކޮށެވެ. މީސް މީޑިއާގައި އެމީހުންގެ ފޭނުން މުނިފޫހިފުލިވައިދެމުން ދާއިރު، ބައެއް ތަރިން ފެނިގެންދަނީ މޭކަޕާއި ނުލާ ގުދުރަތީ ސިފައިގައެވެ. އެއާއެކު ގިނަ ބަޔަކަށް ތަރިންގެ މި ފެނިލުން ކަމުގޮސް މާރީތިކަމަށް ބުނަމުން ދެއެވެ. އެގޮތުން ލޮކްޑައުންގައި މޭކަޕާއި ނުލާ ފެނުނު ބައެއް ތަރިން ހިމަނާލާނަމެވެ.
ނީނާ ޑޯބްރެވް
މިއީ "ވެމްޕަޔަރ ޑައިރީޒް" ސީރީޒް އިން ވިދާލި ތަރި ނީނާ ޑޯބްރެވް ލޮކްޑައުންގައި އެއްވެސް މޭކަޕެއް ނުކޮށް ފެނިގެންދިޔަ ފޮޓޯއެކެވެ. ލޮކްޑައުންގައި އިނދެ ނީނާ އިންސްޓްގަރްމް އަށް ދޫކޮށްލި މި ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ، "ކަރަންޓީން ފޯ ލައިފް" މިހެންނެވެ.
ކެޓީ ޕެރީ
ލަވަކިޔުންތެރި "ކެޓީ ޕެރީ" ގެ މި ފެނިލުން ވަރަށްވެސް ހިތްގައިމެވެ. އެއްވެސް މޭކަޕަކާއި ނުލާ ކެޓީ މި ފޮޓޯއިން ފެނިގެންދާއިރު، އޭނާވެސް މި ފޮޓޯ ހިއްސާކުރީ، އެންމެން ގޭގައި ތިބުމަށް އެދެމުންނެވެ. އަދި އެމެރިކަން އައިޑަލް ގެ ޖަޖުކަންވެސް ކުރަމުންދާ މި ތަރި އިނީ، އަލަތު ދަރިފުޅަށް ބަލިވެއެވެ.
ކޭލީ ކުއޮކޯ
"ބިގް ބޭންގް" ތިއަރީ އިން ވިދާލި އެކްޓްރެސް ކޭލީ އޭނަގެ ކުއްތާއާއެކު ނަގާފައިވާ މި ފޮޓޯ ހިއްސާކުރީ އޭނަގެ އިންސްޓްގަރަމް އެކައުންޓްގައެވެ. މޭކަޕާއި ނުލާ ކޭލީ ފެނިގެންދާއިރު، ކޭލީ ގެ މި ފެނިލުންވެސް ވަރަށް ރީއްޗެވެ.
ޑެކޯޓާ ފޭނިން
ހޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް ޑެކޯޓާ މޭކަޕާއި ނުލާ ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފެނިގެންދަނީ އޭނަގެ އަމިއްލަ މޫނުގެ ފިނިހޫނު މިން ބަލާތަނެވެ. އަދި މި ވީޑިއޯ އޭނަވެސް ހިއްސާކޮށްފައިވަނީ، މީހުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
ގެބްރިއެލޭ ޔުނިއަން
އެކްޓްރެސް ގެބްރިއެލޭ މޭކަޕް ނުކޮށް އިން މި ފޯޓޯއިން ފެނިގެންދަނީ އޭނަގެ ފިރިމީހާ ޑްވޭން ވޭޑް އާއެކުއެވެ.
ޒޯއީ ކްރެވިޓްޒް
އެކްސް މެން އަދި މޭޑް މެކްސް ފިއުރީ ރޯޑް ފަދަ ކާމިޔާބު ފިލްމްތައް ކުޅެފައިވާ މި އެކްޓްރެސް މޭކަޕް އާއި ނުލާ ފެންނަނީ މާ ހިތްގައިމުކޮށެވެ. މިއީ ޒޯއީ ކަރަންޓީނުގައި އިނދެ އޭނަގެ އިންސްޓަގްރަމްގައި ހިއްސާކުރި ސެލްފީއެކެވެ.