މާލެ ސިޓީ ގެއަކުން 92 އަހަރުގެ އަންހެނަކު ހާލުބޮޑުވެގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ހާލުބޮޑުވެގެން ހޮސޕިޓަލަށް ގެންދިއުމަށްޓަކައި އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިއު ޓީމުން ބަލިމީހާ ފަސްވަނަ ފްލޯރ އިން ތިރިއަށް ބޭލުމުގައި އެހީވެދީފައިވާ ކަމަށެވެ.
މި މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭ ދަނވަރު 02:15 ހާއިރުއެވެ.
Male' City ge ehge 5 Vana floor in 92 aharuge anhenaku haalu boduvegen Hospital ah gendhiumah, thiriyah beylumugai MNDF Fire & rescue Service ge sifain rey dhanvaru 02:15 haairu eheetherikan foarukohdheefi. pic.twitter.com/oziZOH81OM
— Maldives National Defence Force (@MNDF_Official) May 19, 2020
ހޮސްޕިޓަލަށް ގެންދިއުމަށްޓަކައި އެހީވެދެއްވި ފަރާތްތަކުން ހުންނެވީ ޕާސަނަލް ޕްރޮޓެކްޓިވް އެކިއުޕްމެންޓް އަޅައިގެންނެވެ. ނަމަވެސް މި ބަލިމީހާ އަކީ ކޮވިޑް-19 ގެ ކޭސްއަކާއި ގުޅުމެއް ހުރި ފަރާތެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.




