އިމްރާން އަދި ނަޝީދު | ފޮޓޯ: މިހާރު

ނަޝީދު ދީނަށް ހަޖޫ ޖަހާ ވާހަކަ، ހޯމް މިނިސްޓަރުވެސް ދެއްކި - އަލްހާން

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވެސް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދީނަށް ހަޖޫ ޖަހާ ވާހަކަ ދެއްކެވި ކަމަށް މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ނަޝީދު ދީނަށް ހަޖޫ ޖެހިކަމަށް ބުނި މީހެއްގެ މައްސަލަ ބަލަން ފުލުހަށް ހުށައަޅަނީ ކަމަށް ބުނެފައިވާ ޚަބަރެއް ޙިއްސާ ކުރައްވަމުން އަލްހާން ވިދާޅުވެފައިވަނީ، ހޯމް މިނިސްޓަރުވެސް އެކަހަލަ ވާހަކައެއް ތަންކޮޅެއް ކުރިން ދައްކަވާފައިވާކަމަށެވެ. މީގެ އިތުރުން ނަޝީދު ދީނަށް ހަޖޫ ޖެހިކަަމަށް ބުނި މީހާވެސް އެވާހަކަ ދައްކާފައިވާނީ އެހާ ކުރިން ކަމަށް ވިދާޅުވެ، ނަޝީދަށް އަމާޒު ކޮށް އަލްހާން ވަނީ މަނިކުފާނުވެސް ނިކަމެތި މީހާ ފަހަތުންތޯ؟ ސުވާލު ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ބުނެފައިވާ ކަމަށް ބުނެ ދޮގު އިލްޒާމެއް ރ. އަނގޮޅިތީމް މީހަކު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ އެކަން ތަޙްޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

ނަޝީދު ދީނަށް ފުރައްސާރަ ކޮށް އެމަނިކުފާނުގެ ވެރިކަމުގައި ގިނަވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ބުނެ އޭރު ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ