ރައީސްގެ މުސާރަ 65000 ރުފިޔާއަށް ކުޑަކޮށްފި

ރައީސުލްޖުމްހޫރިއްޔާ ގެ މުސާރަ 65000 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކޮވިޑް-19 އާ ގުޅިގެން ކުޑަކުރުމަށް 18 މާރިޗު 2020 ގައި ނިންމަވާފައިވާ ނިންމުން އަލުން މުރާޖަޢާކުރުމުގެ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށައަޅައި އެގޮތަށް ފާސްކޮށްފައެވެ.

މީގެ ކުރިން ރާއްޖޭގެ ރައީސްލްޖުމްހޫރިއްޔާ ގެ މުސާރައަކީ އެއް ލައްކަ ރުފިޔާއެވެ. އެހެން ނަމަވެސް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ ދަޢުލަތުގެ މުވައްޒަފުން މުސާރަ ތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 60001 ރުފިޔާ އަށްވުރެ މަތި ލިބޭ ފަރާތް ތަކުގެ މުސާރައިން %35 އުނި ކުރުމަށެވެ. އެހެން ކަމުން ރައީސްލްޖުމްހޫރިއްޔާގެ މުސާރައިން މިވަނީ 35000 ރުފިޔާ ކުޑަވެފައެވެ.

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔާތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 60001 ރުފިޔާ އަށްވުރެ މަތި ލިބޭ ފަރާތްތަކުގެ މުސާރައިން %35 އުނި ކުރުމަށާއި އަސާސީ މުސާރައިގެ ގޮތުގައި 30001 ރުފިޔާއި 60000 ރުފިޔާ އާއި ދެމެދު ލިބޭ މީހުންގެ މުސާރައިން %30 އުނިކުރުމަށާއި އަސާސީ މުސާރައިގެ ގޮތުގައި 20001 ރުފިޔާ އާއި 30000 ރުފިޔާ ދެމެދު ލިބޭ މީހުންގެ މުސާރައިން %20 އުނި ކުރުމަށެވެ.

މަޖިލީހުން މިގޮތަށް ފާސް ކުރުމާއިއެކު ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަވެސް ވަނީ ކުޑަވެފައެވެ. އެގޮތުން ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ 75,000 ރުފިޔާއިން 48,750 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.

ވަޒީރުންގެ މުސާރަވެސް މިބަދަލާއިއެކު ކުޑަވެގެން ދާނެއެވެ. އެގޮތުން ވަޒީރުންގެ މުސާރަ 45000 ރުފިޔާއިން 29750 ރުފިޔާ އަށް ވަނީ ކުޑަކޮށްފައެވެ. މީގެ އިތުރުން މިބަދަލާއިއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނައިބްރައީސް އަދި މެންބަރުންގެ މުސާރަވެސް ކުޑަވެގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
231224
ގުޅުންހުރި ލިޔުންތައް

3 Responses

  1. މ.ޔ.

    މުސާރަ ތަކަށް ބަދަލު ގެނައުމުން ލިބޭ މުސާރަ އެއީ ކޮވިޑް ގެ ހާލަތުގެ ފަހުންވެސް ދެވޭ އަސާސީ މުސާރަ ކަމަށް ހެދުން މުހިންމު.
    ސިޔާސީމަޤާމުތަކުގެ މުސާރަތައް މާބޮޑު ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށްޓަކައި ނަމަވެސް ސަރުކާރު ލިބުމުން މުޅިދައުލަތްނބައިބަޔަށާް މަސްނަހާގޮތަށް ބަހައި ހުސްކޮށް ރައްޔިތުން މީހުން ނިކަމެތިކޮށްލަނީ

  2. ޖަޒީރާ ހަސަން

    ތިވަރުމާކުޑަ

  3. ރައްޔިތުމީހާ

    މެންބަރުންގެ މުސާރަ ކުޑަކުރިވަރުވެސް ބުނެދިން ނަމަ ރަގަޅު

    14
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ