ކޮވިޑް-19: ވެޓްފޯޑުން ޕޮޒިޓިވް ތިން ކޭސް ފެނިއްޖެ

އިންގްލިޝް ޕްރިމިއާ ލީގުގައ ކުޅެމުން އަންނަ ވެޓްފޯޑުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ތިން މީހަކު ފެނިއްޖެއެވެ.

ވެޓްފޯޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 48 ގަޑިއިރުތެރޭ އެކްލަބުން 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެގޮތުން ޕޮޒިޓިވްވެފައިވަނީ ކުޅުންތެރިއެއްގެ އިތުރުން ކްލަބުގެ ދެ ސްޓާފުންކަމަށްވެސް އެކްލަބުން ހާމަކޮށްފައިވެއެވެ.

އަދި ޕްރިމިއާ ލީގުގެ ގައިޑްލައިންއާ އެއްގޮތަށް އެމީހުން މިހާރުވަނީ އައިސޮލޭޓްކުރެވިފައިކަމަށްވެސް ވެޓްފޯޑުގެ ބަޔާނުގައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންގްލިޝް ޕްރިމިއާ ލީގު މެދުކަނޑާލާފައިވަނީ މިދި މާރޗްމަހުއެވެ. އަދި އަލުން ލީގު ފެއްޓުމާމެދު މަޝްވަރާކުރަމުން އަންނައިރު، ކުދިކުދި ގްރޫޕްތަކުން ޓީމުތަކުން ފަރިތަކުރުންތައް ކުރިއަށްގެންދިއުމުގެ ހުއްދަ ޕްރިމިއާ ލީގުން ދީފައިވަނީ މިދިޔަ އަންގާރައިން ފެށިގެންނެވެ. އަދި ކުރިއަށް އޮތް ޖޫންމަހު ލީގު ފެށޭނެކަމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ލީގު އަލުން ފެށުމައްޓަކައި، ޕްރިމިއާ ލީގުގައި ކުޅޭ ހުރިހާ ކުޅުންތެރިންނާއި ކްލަބުތަކުގެ ސްޓާފުންވެސް އަންނަނީ ކޮވިޑް-19 އަށް ޓެސްޓްކުރަމުންނެވެ. މިހާތަނަށް 748 ޓެސްޓެއްކޮށްފައިވާއިރު އޭގެތެރެއިން 6 ޓެސްޓެއްވަނީ ޕޮޒިޓިވްވެފައެވެ. އެއީ ތަފާތު ތިން ކްލަބަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ