55 މޭލަށް ވައިގަދަވެ، އުދައަރާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީއިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ ށ. އަތޮޅުން ފ. އަތޮޅަށެވެ.
މިއަދުގެ 17:00 ން 21:00 އަށް ނެރެފައިވާ މިޔެލޯއެލާޓުގައި ބުނެފައިވަނީ މިވަގުތުތަކުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
މީގެއިތުރުން މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށާއި، މިސަރަޙައްދުގެ ރަށްރަށަށް އުދައެރުން އެކަށީގެންވާކަމަށްވެސް މެޓްއޮފީހުގެ މިއެލާޓްގައިވެއެވެ.
Torrential rain, thunderstorms, strong winds of 25–30 mph, gusting to 55 mph,rough seas and wave surges expected. pic.twitter.com/EcfEVRv1Gv
— Maldives Meteorology (@MetMaldives) May 20, 2020
ރާއްޖޭގެ މޫސުން ކުރިޔަށް އޮތް ގޮތަށް ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.




