މޫސުން ގޯސްވެ އުތުރަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ އުތުރަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީއިދާރާއިން ވައިޓް އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅަށެވެ.

މިރޭގެ 22:45 ން ދަންވަރު 02:00 އަށް ނެރެފައިވާ މިވައިޓްއެލާޓުގައި ބުނެފައިވަނީ މިވަގުތުތަކުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

މީގެއިތުރުން މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓްއޮފީހުގެ މިއެލާޓްގައި ބުނެފައި ވެއެވެ. މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ.

ހުޅަނގު މޫސުމުގެ މިވިއްސާރައާއި ގުޅިގެން ރާއްޖޭގެ ބައެއް ރައްތަކަށްވަނީ ފެންބޮޑުވުމުގެ ސަބަބުންނާއި އަދި އުދައެރުމުގެ ސަބަބުން އެކިއެކި ގެއްލުންތައް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ