މިއަދުވެސް 237 ބިދޭސީން ޤައުމަށް ފޮނުވާލައިފި

މިއަދުވެސް 237 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ވިދާޅުވެފައިވާ ގޮތުގައި މިއަދު ޤައުމަށް ފޮނުވާލައިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އިންޑޮނޭސިއާގެ 190 މީހަކާއި، ޔޫރަޕްގެ ޤައުމުތަކުގެ 47 މީހެއްކަމަށެވެ. ޔޫރަޕްގެ ޤައުމުތަކަށްދާ މީހުން ދިއުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގައި ޓްރާންސިޓްކުރުމަށްފަހުކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޤައުމަށް ދާން ބޭނުންވާ އެހެން ޤައުމުތަކުގެ މީހުންވެސް މީގެ ކުރިން ވަނީ ޤައުމަށް ފޮނުވާލައިފައެވެ.

ދިވެހިރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތް ތެރިން އުޅެމުން އަންނަ ޤައުމެކެވެ. އޭގެ ތެރޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ގިނަ އަދަދެއްގެ ބަޔަކު ވެސް ދަނީ އުޅެމުންނެވެ. ސަރުކާރުން ދަނީ އެފަދަ ފަރާތްތައް ހޯދާ ޤައުމަށް ފޮނުވާ ލުމުގެ މަސައްކަތްތައް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ