އެފްއޭއެމް ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ކުރިއަށްދަނީ - ފޮޓޯ: ސަން

އެފްއޭއެމް ފުޓުސަލް މުބާރާތުގެ ގުރުނަގައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުލަބުތަކަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ގުރުނަގައިފިއެވެ.

މި މުބާރާތުގެ ފިރިހެން ޓީމުތަކުގެ ކުޅުން މިހިނގާ މެއި މަހުގެ 13 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އަންހެން ޓީމުތަކުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދަވަހުއެވެ.

މި މުބާރާތުގެ ފިރިހެން ބައިން 16 ޓީމަށް ފުރުޞަތު ދޭގޮތަށް ކުރިން އެފްއޭއެމް އިން ކަނޑައެޅި ނަމަވެސް، ހުރިހާ ޝަރުތެއް ހަމަވާ 20 ޓީމަކުން ފިރިހެން ކެޓަގަރީގައި ބައިވެރިވުމަށް ހުށަހެޅުމުން އެފްއޭއެމް އިން ވަނީ އެ 20 ޓީމަކަށް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ދީފައެވެ. އަންހެން ކެޓަގަރީއިން މުބާރާތުގައި ވާދަ ކުރާނީ ހަތަރު ޓީމެވެ.

މިމުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގެ މާލޭ ލީގާއި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް ކުޅުންތެރިއަކު މުބާރާތުގައި ރަޖިސްޓްރީ ނުކުރެވުނު ނަމަވެސް، މި ފުޓްސަލް މުބާރާތް ކުޅޭ ކުޅުންތެރިންނަށް މި އަހަރުގެ ލީގު ކުޅުމުގެ ފުރުސަތު އޮންނާނެއެވެ.

ފިރިހެން ކެޓަގަރީ

ގުރޫޕް އޭ: 
ޔޫއެން ފްރެއިންޑްސް
ދޫނޑިގަލޯނާ
ވިޔަންސާ
މުއިވެޔޮ ފްރެއިންޑްސް
ދަ ގްރާންޑޭ

ގުރޫޕް ބީ:
ބީޖީ ސްޕޯޓްސް ކުލަބް
އެމް.ވައި.އޭ.ތުލުސްދޫ
ހުޅުދުއްފާރު
ބިގަލޯސް
އެމް.އެސް ހެލްޕިންގް

ގުރޫޕް ސީ: 
ކުލަބް ޕީކޭ
ރިވަލްސާ
ޕޮލިސް ކުލަބް
ކޮންފެއާ އެސްސީ
ދަނޑު ގޯޅި

ގުރޫޕް ޑީ: 
ވިލިމާލެ
އެލްޓީ އެސްސީ
ޑީއެސްސީ
ޔޫތް އެލަޔަންސް
ޓީސީ ސްޕޯޓްސް

އަންހެން ކެޓަގަރީ:

ގުރޫޕް އޭ: ބީޖީ ސްޕޯޓްސް ކުލަބް

ގުރޫޕް ބީ: އެމް.އެސް މޭޓްސް

ގުރޫޕް ސީ: ޕޮލިސް ކުލަބް

ގުރޫޕް ޑީ: ޑީ.އެސް.ސީ

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ވިޔަންސާއާއި ޔޫއެން ފްރެެއިންޑްސް އެވެ. ހަވީރާއި ރޭގަނޑު މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އިރު މިފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭ މިނީ ޓާފް ދަނޑުގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000ރ ގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 25000ރ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ