ރައީސް މުޙައްމަދު ނަޝީދު - ފޮޓޯ: މިހާރު

ޔާމީން ހުންނެވީ ނުހައްޤުން ޖަލުގައިކަމަށް ބުނާ ތަޙްނިޔާ މެސެޖެއް ނަޝީދު ރިޓްވީޓް ކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ނުހައްޤުން ޖަލުގައި ހުންނެވި ކަމަށް ބުނާ އުފަން ދުވަހުގެ ތަޙްނިޔާ މެސެޖެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޓްވީޓް ކުރައްވައިފިއެވެ.

ވަރަށް މަދުންނޫނީ މީހުންގެ ޓްވީޓުތައް ރިޓްވީޓް ނުކުރައްވާ ރައީސް ނަޝީދު މިރޭ ރިޓްވީޓް ކުރައްވައިފައިވަނީ ކުރީގެ އެކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށުދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު ރައީސް ޔާމިނަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރައްވައިފައިވާ ޓުވީޓެކެވެ.

މިޓުވީޓުގައި ސައީދު ވިދާޅުވެފައިވަނީ، ރައްޔިތުންގެ ހާލަތަށް އެންމެބޮޑު ކުރިއެރުމެއްގެނެސްދެއްވި ދިވެހިތާރީޚް ރަންއަކުރުން ފަވާނެ ޙިދުމަތްތެރި ރައީސްއަށް އުފަންދުވަހުގެ ތަޚްނިޔާ އަރިސްކުރާ ކަމަށާއި އިންސާފު ނުލިބި ނުޙައްޤުން ޖަލުގައި ހުންނެވުމަކީ ދިވެހިޤައުމަށް ލިބިގެންދިޔަ ބޮޑުހިތާމައެއް ކަމަށެވެ.

ރައީސް ނަޝީދު މިފަދަ ޓުވީޓެއް ކުރައްވައިފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ގެންގުޅޭ ފުރަބަންދުގެ ސިޔާސަތައް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވާތާ ދުވަސްކޮޅެއްވެސް ވީފަހުންނެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ރައީސްނަޝީދުވަނީ ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެއްކަމުގެ ވޯޓު ނަގަން ޖެހިދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ސިޔާސީ ބަޔެއް ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިއުންތަކަށް ރައީސް އިބްރީހިމް މުހައްމަދު ސޯލިހްވަނީ ރައްދުވެސް ދެއްވައިފައެވެ. މިގޮތުން ރައީސް ސޯލިހް ރޭ ވިދާޅުވެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭ ބަޔަކު ތިއްބަސް، އެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ.

މިލިޔުން ކިޔާލުމުން
213
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ