ބަނގްލަދޭޝް މީހުން ދިވެހިން ކަތިލިޔަސް އެމީހުންގެ މައްޗަށް ގަވާއިދެއް އުސޫލެއް ހިނގާކަމަކަށް ނުވާކަމަށް ރައްޔިތުންމަޖިލީހުގެ ކުރީގެ ނައިބުރައީސް މޫސާ މަނިކް (ރީކޯ) ވިދާޅުވެއްޖެއެވެ.
ރީކޯ ވިދާޅުވެފައިވަނީ ރާއްޖޭގައުޅޭ ބަނގްލަދޭސްމީިހުންގެ މެދުގާ މާރާމާރީ ހިންގާ އެމީހުންގެ މީހުންކަތިލާ މަރާ އެމީހުން ދިވެހިންކަތިލާ މިކަން ޢާއްމުކަމަކަށްވެއްޖެ ކަމަށެވެ. ނަމަވެސް "ގަވާއިދެއް އުސޫލެއް އެމީހުންގެމައްޗަށް ހިނގާކަމަކަށްނުވޭ" ރީކޯ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރާއްޖޭގައުޅޭ ބަނގްލަދޭސްމީިހުންގެ މެދުގާ މާރާމާރީ ހިންގާ އެމީހުންގެ މީހުންކަތިލާ މަރާ އެމީހުން ދިވެހިންކަތިލާ މިކަން ޢާއްމުކަމަކަށްވެއްޖެ ގަވާއިދެއް އުސޫލެއް އެމީހުންގެމައްޗަށް ހިނގާކަމަކަށްނުވޭ
— Reekomoosa (@ReekoMoosa) May 22, 2020
ރީކޯ މިހެން ވިދާޅުވެފައި މިވަނީ ތ. ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި، ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލައި ހަމަ އެރަށުގައި ބިދޭސީއެއްގެ ބޮލަށް ތޫނު އެއްޖަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ފެންމަތިވެފައި ވަނިކޮށެވެ. އަދި މިފަހުން މާލޭގައިވެސް ބިދޭސީންގެ މެދުގައި ބޮޑު މާރާމާރީއެއް ހިނގައި އެކަކުގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ.



