ދެން އޮތީ އެކައިވެނި! - އަލްހާން

ދެން އޮތީ އެކައިވެނި ކަމަށް ވިދާޅުވެ، ރައީސް އިބުރާޙީމް މުޙައްމަދު ޞާލިޙްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުއަށް، މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ފާޑުވިދާޅުވެއްޖެއެވެ.

ރައީސް އިބޫއާއި، ރައީސް ނަޝީދު ޓެގް ކުރައްވައި، އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ނަގޫ ގޮށްޖެހޭ ގޮތާ ބާވަތް އެހެރަގެން ބަދަލުވަނީކަމަށާއި، ރައީސް ނަޝީދު ޕާޓީ ބަދަލު ނުކުރައްވާނެކަމަށެވެ. "ދެން އޮތީ އެކައިވެނި" އަލްހާން ވިދާޅުވެފައިވެއެވެ.

އަލްހާން މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، ރައީސް ޔާމީންއަށް ތަޢުރީފު ކުރައްވާ އަދި އެމަނިކުފާނަށް ނުހައްޤުން އަނިޔާ ލިބޭ ކަމަށް ވިދާޅުވެ ކޮށްފައިވާ ޓްވީޓްތަކެއް ރައީސް ނަޝީދު ރި ޓްވީޓް ކުރައްވާފައި ވަނިކޮށެވެ.

ރައީސް ނަޝީދު މިފަދަ ޓުވީޓެއް ކުރައްވައިފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ގެންގުޅޭ ފުރަބަންދުގެ ސިޔާސަތައް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވާތާ ދުވަސްކޮޅެއްވެސް ވީފަހުންނެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ރައީސްނަޝީދުވަނީ ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެއްކަމުގެ ވޯޓު ނަގަން ޖެހިދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ސިޔާސީ ބަޔެއް ފަރާތްތަކުން އަމާޒުކުރަމުންދާ ފާޑުކިއުންތަކަށް ރައީސް އިބްރީހިމް މުހައްމަދު ސޯލިހްވަނީ ރައްދުވެސް ދެއްވައިފައެވެ. މިގޮތުން ރައީސް ސޯލިހް ރޭ ވިދާޅުވެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭ ބަޔަކު ތިއްބަސް، އެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ