ޖުމައްޔިލުގެ ނަމުގައި "ފޭކު" ފޭސްބުކް އެކައުންޓެއް!

ރާއްޖޭގެ ޒުވާން މަޝްހޫރު އެކްޓަރު ޖުމައްޔިލު ނިމާލް ގެ ނަމުގައި ފޭކު ފޭސްބުކް އެކައުންޓެއް ހަދައިގެން ބަޔަކު ބޭނުންކުރާކަން އޭނާ ހާމަކޮށްފިއެވެ. އަދި އެ އެކައުންޓް ބޭނުން ކުރަނީ އޭނާ ނޫންކަމަށް ޖުމަލް ވަނީ ބުނެފައެވެ.

ޖުމައްޔިލް މިވާހަކަ އާއްމުންނާއި ހިއްސާކުރީ އޭނަގެ އިންސްޓަގްރަމް ސްޓޯރީގައެވެ. އެގޮތުން ޖުމައްޔިލު ބުނީ، އޭނައަކީ، ފޭސްބުކް ބޭނުން ކުރާ މީހެއް ނޫންކަމަށާއި، އޭނަގެ ނަމުގައި އުޅޭ ހުރިހާ ފޭސްބުކް އެކައުންޓެއް ރިޕޯޓު ކުރުމަށް އެދިފައެވެ. ޖުމައްޔިލުގެ ނަމުގައި ހަދާފައިވާ ފޭސްބުކް އެކައުންޓެއްގެ ފޮޓޯއާއެކު މި ވާހަކަ ހިއްސާކޮށްފައިވާއިރު، ޖުމަލް ބުނީ ހާއްސަކޮށް އެ ފޭސްބުކް އެކައުންޓް ރިޕޯޓް ކުރުމަށެވެ.

ފަންނާނުންގެ ނަމުގައި ފޭކު އެކައުންޓްތައް ހަދައިގެން ސޯޝަލް މީޑިއާގައި އެމީހުން ބޭޒާރު ކުރުމަކީ، ވަރަށް އާއްމުކަމެކެވެ.

ޖުމައްޔިލުއަކީ، މި ވަގުތު ދިވެހި ފިލްމް އިންޑަސްޓްރީގައި ހުރި ފިރިހެން ތަރިންގެ ތެރެއިން އެންމެ ކާމިޔާބު އެއްތަރިއެވެ. އެގޮތުން ޖުމައްޔިލުގެ މަޤުބޫލުކަން އެންމެ ބޮޑުވީ، ޑާކް ރެއިން އިން ހެދި "ވާށީ މަށާ އެކީ" މި ފިލްމް އިންނެވެ.

އޭގެ ފަހުން ޑާކް ރެއިން އާއިއެކު، ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާއިރު، ޖުމައްޔިލު އަކީ ޑާކް ރެއިންގެވެސް އެންމެ ފޭވަރިޓެވެ.

ޖުމައްޔިލު އެންމެ ފަހުން ފެނިގެން ދިޔައީ، ޑާކް ރެއިންގެ ކޮމެޑީ ފިލްމް މާމުއި އިންނެވެ. ޖުމައްޔިލުގެ ކުރިއަށް ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމްތަކަށް ބަލާއިރު، ޑައިރެކްޓަރު އިއްލެގެ "ނީނާ" އަދި ޑާކް ރެއިންގެ ލޯބީގެ ފިލްމް "ނޮވެމްބަރ" އަދި ބިރުވެރި ފިލްމް "ބަޅިނދު" ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ