އިރާގުގެ ސަދުރު ސިޓީއަށް ދިން ހަމަލާއެއްގައި 4 މީހުން މަރާލައިފި

އިރާގުގެ ވެރިރަށް ބަގުދާދުގެ އިރުމަތީގައި އޮންނަ ސަދުރު ސިޓީގައި ޖާނު ގޮއްވާލައިގެން މިއަދު ދިން ހަމަލާއެއްގައި ހަތަރު މީހުން މަރާލައި ހަމީހުން ޒަހަމްކޮށްލައިފިއެވެ.

މިހަމަލާ ދީފައިވަނީ ޝީއީންނަށް އަމާޒުކޮށް މާރުކޭޓަކަށެވެ. މި ހަމަލާގެ ޒިންމާ އައިއެސް އިންވަނީ ނަގާފައެވެ.

މިހަމަލާއާއި ގުޅިގެން ދިފާއީ ބާރުތަކުންވަނީ އެސަރަހައްދަށް ދެވެން އޮންނަ އެންމެހާ މަގުތައް ބަންދުކޮށްފައެވެ. އައިއެސް އިން ދޭ ހަމަލާތައް އިތުރުކޮށްފައިމިވަނީ އެޖަމާއަތުގެ ލީޑަރު ބަގުދާދީގެ ވީޑިއޯ މެސެޖައް ފަހުއެވެ.

އެ ވީޑިއޯގައި ބަގުދާދީވަނީ އައިއެސް އަށް ދިމާވި ނާކާމިޔާބީގެ ބަދަލު ހިފާނެކަމަށް ވައުދު ވެފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް