ރީކޯ މޫސަ ކުރީގެ ރައީސް ޔާމީންއާއެކު

ރައީސް ޔާމީންގެ ހުކުމާމެދު ޖޭއެސްސީ ދެކޭގޮތް ހާމަ ކުރުމަށް ރީކޯ ގޮވާލައިފި

5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ކޮށްފައިވާ ހުކުމާމެދު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދެކޭގޮތް ހާމަކުރުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ގޮވާލައްވައިފިއެވެ.

ރީކޯ މިހެން ގޮވާލައްވާފައި މިވަނީ ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލައި، ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށައަޅުއްވާފައި ވަނިކޮށެވެ. އަދި ދާދި ފަހުން މަޖިލީހުގެ ރައީސް ރައީސް ނަޝީދުވެސް ވަނީ ރައީސް ޔާމީންއަށް ތަޢުރީފު ކުރައްވާ އަދި އެމަނިކުފާނަށް ނުހައްޤުން އަނިޔާ ލިބެމުންދާ ކަމަށް ވިދާޅުވެ ކޮށްފައިވާ ޓްވީޓްތަކެއް ރި ޓްވީޓް ކުރައްވާފައި ވަނިކޮށެވެ.

ރައީސް ނަޝީދު މިފަދަ ޓްވިޓެއް ރިޓްވީޓް ކުރެއްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެމަނިކުފާނުވެސް ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް އިންސާފުވެރި ނޫންކަމަށް ދެކިލައްވާ ކަމަށެވެ.

މި ކަންތައްތަކާއި ގުޅިގެން ރީކޯ މިއަދު ވިދާޅުވެފައިވަނީ ރައީސް ޔާމީން ޖަލުގައި އިންނެވުން އިންސާފްވެރި ނޫންކަމަށް ޖޭއެސްސީގެ މެންބަރު، މަޖްލީހުގެ ރައީސް ވިދާޅުވާކަމަށެވެ. "އެހެންކަމަށްވާނަމަ ރައީސްޔާމީނަށް ކުރެވުނު ހުކުމާމެދު ޖޭއެސްސީ ދެކޭގޮތެއް ހާމަކުރަންވީނޫންތޯ." ރީކޯ ވިދާޅުވެފައިވެއެވެ.

މިގެ އިތުރުން ރީކޯ ވަނީ އެޖެންޑާ ނަވާރަ އަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރީކޯ ވިދާޅުވެފައިވަނީ އެޖެންޑާ ނަވާރަ އެބުނާ އިންސާފަކީމީތޯ ސުވާލު ކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމީން އަށް ކުރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މަނީ ލޯކްޑަރިންގެ ކުއް ސާބުތުވުމާއި ގުޅިގެން ނެވެ.

އެކަމިކުފާނަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ވިދާޅުވެ، އެކަމިކުފާނު މިނިވަން ކުރުމަށް އިދިކޮޅުން ދަނީ ކެނޑިނޭޅި ގޮވާލަމުންނެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ