ހދ. ކުރިނބީ ކައުންސިލުން ކޮވިޑް-19ގެ ހާލަތުގައި ޢަމަލުކުރަމުންދާ އުޞޫލުތަކަކީ ޤާނޫނީ ބާރުވެރިކަން ނެތް އުޞޫލުތަކެއް ކަމަށްބުނެ، އެ ރަށުގައި ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަށް ހިތްވަރުދީ، އެރަށުގައި ޢަމަލުކުރަމުންދިޔަ އުޞޫލުތަކުގެ ބާރު ކަނޑުވާލައި ރަށުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރި ފުލުހަކު އެރަށުން ގެންގޮސްފިއެވެ.
ކުރިނބީގެ މަސްލަހަތު ނަގާލަން ފުލުހަކު މަސައްކަތްކުރިކަމަށް ބުނެ ރޭ މެންދަމު ކުރިނބީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ފުލުސް މީހާގެ މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިފައެވެ.
މިކަމާ ގުޅިގެން މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، ފުލުހަކު ކުރިނބީގެ މަސްލަހަތު ނަގާލުމަށް މަސައްކަތްކުރިކަމަށް ބުނެ ކުރިނބީ ކައުންސިލުން ފުލުހުންނަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކުރިނބީ ކައުންސިލުން ރޭ ވިދާޅުވީ، ހޫނުވެފައިވަނީ ފުލުހުންގެ ބޭނުމަކު ކުރިނބީގައި ބަހައްޓާފައި ދިޔަ ފުލުހަކު ރަށު ކައުންސިލުން އެކުލަވާލާފައިވާ އުޞޫލުތަކަކީ ޤާނޫނާ ހިލާފަށް އެކުލަވާލައި، އަމަލުކުރަމުންދާ އުޞޫލުތަކެއް ކަމަށް ބުނެ ރަށުގެ ރައްޔިތުން ކައުންސިލްގެ ބަސް ނޭހުމަށް ހިތްވަރުދީ މީސްމީޑިއާގައި ދެއްކި ވާހަކަތަކެއްގެ މައްސަލަ ކަމަށެވެ.
އިތުބާރުހުރި މަސްދަރަކުން މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކުރިނބީއަށް ނިސްބަތްވާ މި ފުލުސްމީހާ އެރަށުގައި އިތުރަށް ނުބަހައްޓާ، އަލުން އަނބުރާ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
މިކަމާ ގުޅިގެން ކުރިނބީ ކައުންސިލުން ރޭ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ފުލުހުން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން މައްސަލައިގެ ބައެއް އިޖުރާއަތްތައް ފުރިހަމަ ކުރުމަށް މިއަދުގެ ވަގުތެއްގައި އެރަށަށް އައިސްހުރި ފުލުހަކު، ކޯވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ 2020/39 ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާސް ހިނގާ ސަރަހައްދުތަކުގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި، ހާލަތައް ރިއާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި، އިޖުތިމާއީ ގައިދުރުކަން ޤާއިމްކުރުމަށް ފިޔަވަޅު އެޅުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިން ކައުންސިލްތަކަށް ދޫކޮށްފައިވާ ބާރުގެ ދަށުން އެ ކައުންސިލުން ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނޫނީ ހައިސިއްޔަތެއް ނެތި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ފުލުހަކު ބުނެފައިވާ ކަމަށެވެ.
"އެ ފިޔަވަޅުތަކަށް އަމަލު ކުރުމަކީ އަމިއްލަ އިޙްތިޔާރީ ކަމެއްކަމަށާއި އަދި އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވެގެން ކައުންސިލަށް ކުރެވޭނެ ކަމެއް ނެތްކަން ދޭހަވާ އުސޫލުން އާންމު ރައްޔިތުންގެ މެދުގައި އަދި މީސްމީޑިޔާގައި އަޑު އުފުލާފައިވާތީ، މިކައުންސިލުން ކޯވިޑް-19 އާއި ގުޅިގެން މިރަށު ރައްޔިތުންގެ މެދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް ހުރަހަކަށްވެ އާންމު މަސްލަހަތު ގެއްލިފައިވާތީ އާންމު މަސްލަހަތު ދަމަހައްޓާ ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ބަޔަކަށް ފުލުހުންވެފައި، ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރަން." ކުރިނބީ ކައުންސިލްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކުރިނބީގެ މަސްލަހަތު ނަގާލަން ފުލުހަކު މަސައްކަތްކުރި މައްސަލަ ހޫނުވެފައިވީ ނަމަވެސް، ކުރިނބީ ކައުންސިލުން ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ރަށުގެ ރައްޔިތުން ކިޔަމަންތެރިވެ، ކައުންސިލަށް ދެއްވާ އެއްބާރުލެއްވުމަށް މި ފުރުޞަތުގައި ކައުންސިލުން ވަނީ އިޙްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.




6 Responses
Noosliya soruge beybe dhifau kuran jahaaha sakaraiy. Ali wishaam ge beybe afrah council ga huregen haava Hadi foruvan mi sorry mi thelhenee
ނޫސްވެރިޔާ ޒާާތީވަނީނޫޏް ތޯ!
ފުލުސް މީހާ ހަގީގަތް ހާމަ ކުރީމަ ކައުންސިލުން ލަދުބޮލަށް އަރާގެން ތިތެޅެނީ !
ތިއަނގަ ހާވާ މީހުން ތެރޭ ތަނެއް ދޯރެއް ނޭގޭ އާލާތުން ގިނަވާނީ!
ތިޕޮލިސް ގޮލާ ބުއްދި ހަމަޖެހޭތޯ ބަލަން ސިކުނޑީގެ ޓެސްޓެއް ހަދަންފެނޭ…ތިއީދޮޅުރޯނާއެއް
ފުލުސް މީހާ ގެ ޕޯސްޓްގަ އެއްވެސް ގޯހެއް ނެތް. ތިއުޅެނީ ޒާތީ ކަމެއް ހެން ހީވަނީ
މަސްލަހަތުު ނަގާލާ ވަރުގެ ކޯޗެއްތޯ ބުނެފަަ އޮތީ ގާނޫނު ގަ ކަން އޮތްގޮތަށްް ބުނެފަ އޮތީ ކައުންސިލަރު އުފުރާލާނެ ތޯޗެ މިފަހަރު ރެޑްކޮން ވާނުވާ ނޭގޭ ކައުންސިލަރެއް ކަމަބެެލެވޭ
ކައުންސިލަރަކު ފުލުހުން ޑައިބެޓިސް ހަކުރު ޓެސްޓް ހެދިފަހުން ކައުންސިލަރު ފުލުހުން ދެކެ ވަރަށް ލޯބިވާ ކަމަށް ވަނީ