ދިވެހި ތަފާތު ވައްތަރު މަހުގެ ބާވަތްތައް ލިބޭ ފިހާރައެއް މެލޭޝިއާގައި ހުޅުވައިފިއެވެ.
މެލޭޝިއާގެ ސުބާންގައި " ދަ މޯލްޑިވިއަން ފިޝް މާރކެޓް " ގެ ނަމުގައި ހުޅުވުނު މިފިހާރައިން ދިވެހިން އުފައްދާ ތަފާތު ވައްތަރުގެ މަހުގެ ބާވަތްތައް ލިބެން ހުންނާނެކަމަށް އެފަރާތުން ބުނެއެވެ. ލިބެން ހުންނަ ބާވަތްތަކުގެ ތެރޭގައި ދަޅުމަސް، ގަނޑުކުރި ކަޅުބިލަމަސް އަދި ފަރުމަސް ހިމެނެއެވެ.
އަދި އިތުރަށް ތަރައްޤީކުރަމުން އަންނަ މިފިހާރައިން މުސްތަޤުބަލްގައި ދިވެހި މަހުގެ ހުރިހާ އުފެއްދުމެއްވެސް ލިބެނޭ ގޮތް ހަމަޖައްސެމަކީ އެފަރާތުގެ އުންމީދެވެ. އަދި އެއުންމީދަށް ވާސިލުވުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް އެފަރާތުން ބުނެއެވެ.



