ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

އަނެއްކާ ބިދޭސީންގެ އާކަމެއް! އިސްވެ ފިޔަވަޅު ނާޅައިފިއްޔާ ބޮޑު ނުރައްކަލެއް!

ހުޅުމާލޭގައި ބިދޭސީންތިބޭ ކަރަންޓީން ފެސިލިޓީއެއްގައި ރޭ ފުލުހުންނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރުމަކީ ބިދޭސީން އަލުން ފެށި އާކަމެއް ކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

އެގޮތުން ރީކޯ މިއަދު ވިދާޅުވެފައިވަނީ ރާއްޖޭގަ އުޅޭ ބަންގްލަދޭޝް މީހުން ފައިސާގެ މައްސަލަ ތަކުގައި ދޭތެރެދޭތެރެއިން މީހަކު މަރާކަމަށާއި، އަދި އެކަން ރާއްޖޭގައި މިހާރުޢާއްމު ކަމަކަށް ވެފައިވާކަމަށެވެ. "މިހާރު އަނެއްކާ އާކަމެއް" ރޭ ބިދޭސީން ހިންގި އަމަލަށް ނިސްބަތް ކުރައްވައި ރީކޯ ވިދާޅުވެފައިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ފުލުހުންނާއި ކުރިމަތިލުން ރީކޯ ސިފަ ކުރައްވާފައި ވަނީ އިސްވެ ފިޔަވަޅު ނާޅައިފިއްޔާ ފުލުހަކު މަރާލުންވެސް އެކަށީގެންވާކަމެއްކަމަށެވެ. ރީކޯ ވިދާޅުވެފައިވަނީ ބިދޭސީ އަކު ފުލުހަކު މަރާލައިފިނަމަ ދެން އެކަންވެސް ޢާއްމުވީކަމަށެވެ.

ބިދޭސީންގެ ކަރަންޓީން ފެސިލިޓީއެއްގައި ފުލުހުންނަށް ހަމަލާދިނުމަށް މަސައްކަތް ކޮށްފައިވަނީ ކޮންސަބަބަކާއި ހުރެކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިހާދިސާ ހިނގައިފައިވަނީ ހުޅުމާލޭ އަމީނީ ހިޔާގައެވެ. މި ހަމަނުޖެހުމުގައި އެތަނުގައި ތިބި ބަޔެއް މީހުންވަނީ އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނާއި ދިމާއަށް ގޮނޑިފަދަ ތަކެތި އުކާފައެވެ.

މިލިޔުން ކިޔާލުމުން
812114
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ބިސް

    ކޮބާ ކަރުނަގޭހާ އެއްޗެހި….އެމްސީ ހަމީދަށް ނުކެރެންޔާ ކަންކަމުގަ ފިޔަވަޅު އަޅަން ކެރޭވަރު މީހަކާ ހަވާލުކޮއްފަ ގެއްދޭބަލަ…މުސާރަދީފަ މަގާމުދީފަ ޔުނީފޯމެއްލައްވާފަ ބަހައްޓާފަ ތިހުންނަނީ އަންހެނުން ގޮވައިގެން ކުލަބުގަ ނަށާކަށް ނޫނޭ…

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ