ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލެވިފައިވާ މަޖިލީހުގެ ތަޅުމުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މިއަދަކީ ބަޣާވާތުގެ ފުރަތަމަ ދުވަސް ކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.
ރީކޯ މިހެން ވިދާޅުވެފައި މިވަނީ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހުގެނައުމުގެ ޤާނޫނަށް އިސްލާހު ގެނައުގެ ބިލްގެ އިބްތިދާއީ ބަހުސް ކުރިޔަށް ދިއުމަށް ހަމަޖެހިފައިވަނިކޮށެވެ.
ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވަނީ ކަނޑައެޅިފައިވާ ތާރީޚަށް ބޭއްވޭނެ ގޮތް ނުވެފައެވެ. އެހެން ކަމުން އަންނަ 2021 ވަނަ އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުގެ ކުރިން މި އިންތިޚާބު ބާއްވައި ނިންމަން ވާނެ ކަމަށް ކަނޑައަޅައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ޚާއްސަ ބިލެއް ވަނީ މަޖިލީހުން ފާސްކޮށްފައެވެ.
މި ބިލް ފާސްކުރި ނަމަވެސް މިހާރު އިންތިޚާބު ވެފައިވާ ކައުންސިލްތަކުގެ ދަޢުރު އަންނަ ޖޫން މަހު ހަމަވާނެއެވެ. އެހެން ކަމުން މިހާރު މަޖިލީހުގައި ކުރިޔަށްދަނީ މިހާރު އޮތް ކައުންސިލްތަކާމެދު ދެން އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތެވެ. މި މައްސަލާގައި ބަންޑާރަ ނައިބު މަޖިލީހަށް ފޮނުވާފައިވާ ސިޓީ ފުޅެއްގައި ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ދަޢުރު ދިގު ކުރެވޭނީ ޤާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށެވެ.
ރީކޯ ވިދާޅުވެފައިވަނީ މަޖްލީހުގެ ޤަވާއިދަށް ބޯނުލަނބާ ވާހަކަ 18 ވަނަ މަޖްލީހުގާ ދެއްކި މީހުން މިއަދު މިފެންނަނީ މަޖްލީހުންހެދި ޤާނޫނާ އަދި ޤާނޫނުއަސާސީއާ ޚިލާފަށް އަމަލުކުރާތަންކަމަށެވެ. "ރައްޔިތުންގާތު ބުނާކަހަލަ މިސަރުކާރުއޮއްވާ ޤާނޫނަށް ބޯލަނބާނެކަމެއްނެތޭ" ރީކޯ ވިދާޅުވެފައިވެއެވެ.
މަޖްލީހުގެ ޤަވާއިދަށް ބޯނުލަނބާ ވާހަކަ 18ވަނަމަޖްލީހުގާ ދެއްކި މީހުން މިއަދު މިފެންނަނީ މަޖްލީހުންހެދި ޤާނޫނާ އަދި ޤާނޫނުއަސާސީއާ ޚިލާފަށް އަމަލުކުރާތަން
. ރައްޔަތުންގާތުބުނާކަހަލަ މިސަރުކާރުއޮއްވާ ޤާނޫނަށްބޯލަނބާނެކަމެއްނެތޭ.
ބަޣާވާތުގެފުރަތަމަދުވަސްތާ މިއަދުމީ— Reekomoosa (@ReekoMoosa) May 26, 2020
ރީކޯ އިތުރަށް ވިދާޅުވެފައިވަނީ ޤާނޫނު އަސާސީ އިސްލާހުނުކޮށް ކުރަންއުޅޭ ކަނތަކުގެ މަންޒަރު ވަރަށް ސާފު ކަމަށާއި، އެގޮތުން ސަންސެޓްގާނޫނުގެ ދަށުން މަޖްލީހުންނަގާ ކޮމެޓީއަކުން ސަރުކާރުގެ މާބޮޑުބާރެއްނެތި ވަކިބަޔަކު ބޭނުންވާ ކައުންސިލަރުން ބައިތިއްބާ ވަކިބަޔަކަށް ޢުނދަގޫވާނެ ކައުންސިލަރުން ވަކިކުރުމުގެ މަކަރުވެރި ރޭވުމުގެ އަޑު ވަރަށް ސާފުކަމަށެވެ.
ރީކޯ ވިދާޅުވެފައިވަނީ މިއަދަކީ އެމްޑީޕީ މެމްބަރުންނަށް ފިލާވަޅެއް ލިބޭނެދުވަހެއްކަމަށާއި، ދަވްލަތެއްގެ މައިގަނޑުސިފަޔަކީ ޤާނޫނުގެވެރިކަން ނެގެހެއްޓުން ކަމަށެވެ. އެހެން ކަމުން ރީކޯ މިއަދު ސިފަކޮށްފައިވަނީ މިއީ ބަޣާވާތުގެ ފުރަތަމަ ދުވަސްގޮތުގައެވެ.





2 Responses
Seedhaa raiyathun inthihaabu kuran jehey adhi inthihaabu kuraabyehge dauru hama vumun ekan e nimunee dhen QN badhal Gene’s mudhathu ithuru nukureveyne
Heu ehcheh thibunee reeeecko