ލ. ގަމުގައި މަސްތުވެގެން ހުރި މީހަކު އަންހެނަކު ރޭޕް ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި ހިނގާ މެއި މަހުގެ 24 ވަނަ ދުވަހުގެ ރޭ ލ.ގަމު ގެޔަކަށް، މަސްތުގެ ހާލަތުގައި ހުރި މީހަކުވަދެ، އަންހެނަކާއި މެދު ގަދަކަމުން ބަދު އަޙްލާގީ އަމަލު ހިންގި ކަމުގެ މައްސަލައެއް މެއި 25 ވަނަ ދުވަހު ފުލުހުންނަށް ހުށައެޅިފައި ވާކަމަށެވެ.
މި އަންހެން މީހާ އަކީ 20 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާއި ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަވަނީ ތަޙްޤީޤު ކުރައްވަމުންނެވެ.