ނައިފަރު ކައުންސިލް ހިންގުމުގައި އިހުމާލުވަމުން ދާތީ ކަމަށް ބުނެ ކައުންސިލްގެ ރައީސް މުހައްމަދު ކަރީމަށް 30 ދުވަހުގެ ނޯޓިސްއެއް ދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިފަރު ކައުންސިލްގެ ރައީސްއަށް 30 ދުވަހުގެ ނޯޓިސްއެއް ދީފައިވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީއިން 29 ޖޫން 2016 ގައި އާންމު ކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ރަށެއްގެ ކައުންސިލަރެއް ނުވަތަ ނައިބު ރައީސެއްގެ، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ އުސޫލުގައި ވާ ގޮތުގެ މަތިން ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
ކައުންސިލް ރައީސްގެ މަގާމުގައި ހުންނަވައިގެން ލާމަރުކަޒީ ގާނޫނުގެ ރޫޙާ އެއްގޮތަށް ކައުންސިލް ހިންގުމުގައި އިހްމާލުވަމުން ދާތީ ކަމަށް ބުނެ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ނައިފަރު ކައުންސިލްގެ ރައީސް ކާރިމަށް ލިޔުމުން ވަނީ ދީފައެވެ.
ނައިފަރު ކައުންސިލްގެ ރައީސް ކާރިމަށް 30 ދުވަހުގެ ނޯޓިސް ދިނުމުގެ ކުރިންވަނީ އެނާ އިސްލާހުވުމަށްވެސް އެކައުންސިލުން އަންގާފައެވެ.
ނައިފަރު ކައުންސިލުން މިހެން ނިންމާފައި މިވަނީ ކޮވިޑް19 އަށް ނައިފަރު ތައްޔާރުނޫންކަމަށާއި، ނައިފަރުގައި ކޮވިޑް 19 އާއި ގުޅިގެން ހިންގާ ކަންކަން ކުރިޔަށްދަނީ އެއްވެސް ރޭވުންތެރިކަމެއްނެތި ކައުންސިލްގެ ރައީސްއަށް ފެނިލައްވާ ގޮތަކަށްބުނެ އެރަށުގެ ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.