ހުޅުމާލެ ޖަލުން ނެގި 30 ސާމްޕަލް ނެގެޓިވް ވެއްޖެ

ކޮވިޑް-19 އާއި ގުޅިގެން ހުޅުމާލެ ޖަލުން ނެގި 30 ރެންޑަމް ސާމްޕަލް ނެގެޓިވް ވެއްޖެ އެވެ.

ހުޅުމާލެ ޖަލުން ހޮނިހިރު ދުވަހު ރެންޑަމްކޮށް ނެގި ސާޕަލްތައް ނަގާފައިވާއިއިރު ހުރިހާ ސާމްޕަލް ނެގެޓިވް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށް ދެއްވާފައިވާކަމަށް ކަރެކްޝަންސް އިން ހާމަކޮށްފިއެވެ.

އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް ނަގާފައިވާއިރު، ޑިޓެއިނީސްގެ ގޮތުގައި ތިބި 5 ބިދޭސީންނާއި 10 އޮފިސަރުންނާއި މުވައްޒަފުންގެ ސާމްޕަލް ނަގާފައިވާކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ހުޅުމާލެ ޖަލުން ނެގި ސާމްޕަލްތައް ހިމަނައިގެން މިހާތަނަށް ހުރިހާ ޖަލަކުން ޤައިދީންނާއި ބަންދުމީހުން އަދި އޮފިސަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ޖުމްލަ 140 ސާމްޕަލް ނަގާފައިވާއިރު، އެހުރިހާ ސާމްޕަލް ތަކެއްވެސް ނެގެޓިވް ވެފައިވާކަމަށް ކަރެކްޝަންސް އިން ވަނީ ހާމަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ