"މުޖާހިދެއްގެ ތުނބުޅިހުރި އިސްކޯ، ރެއަލްމެޑްރިޑުން ބޭރުކުރަންޖެހޭ"

ސްޕެއިންގެ ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ އިސްކޯގެ ތުނބުޅި ހުންނަނީ މުޖާހިދެއްގެ ތުނބުޅި ގޮތަށްކަމަށާއި، އޭނާ ރެއަލްމެޑްރިޑުން ބޭރުކުރަންޖެހޭކަމަށް ސްޕެއިންގެ ނޫސްވެރިއެއްކަމަށްވާ އަލްފަންސޯ އޫސިއާ ގޮވާލައިފިއެވެ.

އުމުރުން 28 އަހަރުގެ އިސްކޯއަށް ބަސްތަށް އަމާޒުވެފައިމިވަނީ މީސް މީޑިއާގައި ރެޕަރ ރޭޑަން ޙިއްސާކުރި ފޮޓޯއަކަށް އިސްކޯ ލައިކެއް ދިނުމާއި ގުޅިގެންނެވެ. ރޭޑަން ޙިއްސާކޮށްފައިވަނީ މެޑްރިގައި ސަރުކާރާއިދެކޮޅަށް މުޒާހަރާ ކުރާމީހުންނާ ދެކޮޅަށް މެސެޖެއް ލިޔެފައިވާ ފޮޓޯއެކެވެ.

އެއާކު އެއްބަޔަކު އިސްކޯގެ ދިފާޢުގައި ވާހަކަ ދައްކާފައިވާއިރު، އަނެއް ބަޔަކުވަނީ އިސްކޯއަށް ވަރަށް ބޮޑަށް ފާޑުކިޔާ ވާހަކަ ދައްކާފައެވެ.

"މުޖާހިދެއްގެ ތުނބުޅިހުރި، ކުޑަ ކުޑަ އިސްކޯ، ރެއަލްމެޑްރިޑުގައި އިތުރަށް ބަހައްޓައިގެން ނުވާނެ." އޫސިއާ ބުންޏެވެ.

މީގެއިތުރުން އޫސިއާ ބުނީ، އިސްކޯގެ ދިފާޢުގައި އެންޓޯނިއޯ ގާސިއާ ފެރެރާސް ކިތަށްމެ ވަރަކަށް ވާހަކަދެއްކިނަމަވެސް، ރެއަލްމެޑްރިޑްގެ ރައީސް ޕެރޭޒްއަށް އިސްކޯ ވިއްކާލަން ކެރޭތޯ ބަލަން ހިނގާކަމަށެވެ. ޓީވީ ޕްރެޒެންޓަރެއްކަމަށްވާ ފެރެރާސްއާއި ޕެރޭޒްއަކީ ދެރަޙްމަތްތެރިންނެވެ. އަދި ކޮންމެ ކްލަބަކުން ހުށަހެޅިނަމަވެސް އިސްކޯ އަވަހަށް ވިއްކާލަންވީކަމަށާއި، ރެއަލްމެޑްރިޑަށް ފައިދާ އޮތީ އޭރުންކަމަށްވެސް އޭނާ ބުންޏެވެ.

ސްޕެއިންގެ މަލާގާ ދޫކޮށް އިސްކޯ ރެއަލްމެޑްރިޑާއި ގުޅުނީ 2013 ވަނަ އަހަރުގެ ޖުލައިމަހުއެވެ. އަނިޔާގެ މައްސަލަކުރިމަތިވެ. މިސީޒަންގެ ގިނަ މެޗުތަކެއް އިސްކޯއަށް ގެއްލިފައިވާއިރު، މިސީޒަންގެ ލަލީގާގައި ރެއަލްމެޑްރިޑަށް ކުޅެދިން16 މެޗުން1 ލަނޑު އޭނާ ކާމިޔާބުކޮށްދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
3547
ގުޅުންހުރި ލިޔުންތައް

5 Responses

  1. Isco Ge Appa

    Bondi varu eh ee

  2. Donald trump

    Wowo what a racist

  3. Florentino Perez

    Isco beyru kureveykah meh, varah bodah sorry bro ehen kamaka ulhey thanks

  4. އުދުހޭ މުފީދު

    ވާނުވާ ނޭނގޭ މީހުން ނޫސްވެރިކަމުން ބޭރު ކުރަން ޖެހޭ!

    10
    1
  5. ބުރާންތި

    thunbulhi eh hurumakee massala eh tha

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ