ރެއަލްމެޑްރިޑް އެއްވަނާގައި އޮތްނަމަ، ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލީސްކަމަށް ބާސެލޯނާގެ ކުރީގެ ރައީސެއްކަމަށްވާ ޖޯން ގަސްޕާޓް ބުނެފިއެވެ.
ސްޕެނިޝް ލަލީގާ ފެއްޓުމުގެ ހުއްދަ ސްޕެއިންގެ ސަރުކާރުން ދީފައިވަނީ މިދިޔަ ހަފްތާގައެވެ. މިފެށޭ ޖޫންމަހުގެ 8 ގައި ލަލީގާ ފެއްޓުމުގެ ހުއްދަ ސްޕެއިންގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒްދީފައިވީނަމަވެސް ލަލީގާ ފައްޓާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައެއްނުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ލަލީގާގެ ކުޅުން މެދުކަނޑާލާފައިވަނީ މިދިޔަ މާރޗް މަހުން ފެށިގެންނެވެ. ކޮންމެ ޓީމަކުންވެސް މިހާތަނަށް 27 މެޗު ކުޅެފައިވާއިރު ލީގުގައި ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް 11 މެޗެވެ. 58 ޕޮއިންޓާއެކު އެއްވަނާގައި އޮއީ ބާސެލޯނާއެވެ. ވާދަވެރި ރެއަލްމެޑްރިޑް ދެވަނާގައި އޮތީ 56 ޕޮއިންޓާއެކުގައެވެ.
މިދެޓީމުގެ ފަރަގުގެ ގޮތުން އެންމެ ދެ ޕޮއިންޓް އޮތްއިރު، ކުރިއަށްއޮތް 11 މެޗަކީ ވަރަށްވެސް ފޯރިގަދަވާނެ މެޗުތަކެއްކަމަށް ލަފާކުރެވެއެވެ.
"ކޮވިޑް-19 އާއި ގުޅިގެން ސްޕެނިޝް ލަލީގާ މެދުކަނޑާލިއިރު، ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނާގައި އޮތްނަމަ، ލީގު އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލީސް." އިންޓަރިވިއުއެއްގައި ވާހަކައްކަމުންގެ ގަސްޕާޓް ބުންޏެވެ.
2000 ން 2003 ކަށް ބާސެލޯނާގެ ރައީސްކަށްކޮށްފައިވާ ގަސްޕާޓް އިތުރަށް ބުނީ، ކުރިން ބާސެލޯނާއަށް ކުޅުނު ބްރެޒިލްގެ ތަރި ނޭމާ އަލުން އެކްލަބުން ފެންނަން ބޭނުންކަމަށެވެ. އަދި ނޭމާ ގެންނަން ބާސެލޯނާއިން ކުރާ ހުރިހާ މަސައްކަތަކަށްވެސް އޭނާ ތާޢީދުކުރާނެކަމަށްވެސް ބުންޏެވެ.



