19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ވިޕްލައިނާއި މެންބަރުން ދެކޮޅު ހަދައިފިކަމަށް ވިދާޅުވެ، މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން ރީކޯ މޫސަ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރީކޯ ވިދާޅުވެފައި ވަނީ މަންޒަރު ވަރައްސާފުކަމަށާއި އެމްޑީޕީގެ ވިޕްލައިން އެއީ ބޯލަބަންޖެހޭ އެއްޗެއްނޫންކަމަށެވެ.
"19 ވަނަ މަޖްލީހުގައި ކިތަށްމެމްބަރުން ވިޕްލައިނާ ދެކޮޅުހަދައިފި އަޅުގަނޑަށްއައި ހުކުމެއްނާދޭ، މައްސަލަވެސްނުބަލާ ލީޑަރުންނަށް ބިރަކަށްވީމަ ޕާޓީން ބޭރުކޮށްލުންއެއީ ތިބޭފުޅުންގެ އިންސާފަކީ" ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއަށާއި، މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ރީކޯ ވިދާޅުވިއެވެ.
މަންޒަރު ވަރައްސާފު އެމްޑީޕީގެ ވިޕްލައިން އެއީ ބޯލަބަންޖެހޭއެއްޗެއްނޫން 19ވަނަ މަޖްލީހުގަ ކިތަށްމެމްބަރުން ވިޕްލައިނާ ދެކޮޅުހަދައިފި
އަޅުގަނޑަށްއައި ހުކުމެއްނާދޭ މައްސަލަވެސްނުބަލާ ލީޑަރުންނަށްބިރަކަށްވީމަ ޕާޓީންބޭރުކޮށްލުންއެއީ ތިބޭފުޅުންގެއިންސާފަކީ@ibusolih @MohamedNasheed— Reekomoosa (@ReekoMoosa) May 28, 2020
ރީކޯ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ވިޕްލައިނާ ޚިލާފުވިކަމަށް ބުނެ، ރީކޯ ވަނީ އެމްޑީޕީ އިން ވަކިކޮށްފައެވެ. އެމްޑީޕީ އިން ވަކި ކުރުމާއި ގުޅިގެން މޫސަ ދިޔައީ ތަކުރާރުކޮށް އެމްޑީޕީގެ ލީޑަރ ޝިޕަށް ޚާއްސަކޮށް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމާއި ގުޅިގެން، މިހާރު ތިބި ކައުންސިލަރުންގެ ދަޢުރު ދިގުދައްމާލުމަށް ޤާނޫނު އަސާސީއަށް ހުށައެޅި އިސްލާހުގައި އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ. ނަމަވެސް މި މައްސަލާގައި އެމްޑީޕީގެ މެންބަރުގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި ބައެއް މެންބަރުން ވަނީ ތްރީލައިން ވިޕާއި ޚިލާފުވެފައެވެ.
އެމްޑީޕީ އިން ޤާނޫނު އަސާސީ އަށް ހުށައެޅި މި އިސްލާހު މިހާރު ވަނީ މަޖިލީހަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވާފައެވެ.




