ޓެކްސީތަކާއި އެމްބިޔުލާންސް ބޭނުން ކުރުމުގެ އުސޫލު އާންމުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ޓެކްސީތަކާއި އެމްބިއުލާންސް ބޭނުން ކުރުމުގެ އުސޫލު އާންމުކޮށްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެމަރޖެންސީ މެޑިކަލް ސާރވިސްގެ އެންބިޔުލަންސް ޚިދުމަތުގައި ބޭނުންކުރާ އެންބިޔުލަންސް ގެ އިތުރުން ޓެކްސީ އާއި މިފަދަ އެހެން އެއްގަމު އުޅަނދު ފަހަރު އެމްބިއުލަންސް ޚިދުމަތެއްގެ ގޮތުގައި ބޭނުން ކުރުމުގައި އެފަދަ އުޅަނދުތައް ހުންނަންޖެހޭނެ ގޮތް ބަޔާން ކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.

ކާރު ހުންނަންވާޏީ ޓްރާންސްޕޯޓު އޮތޯރިޓީގެ މިންގަނޑަށް ފެތޭގޮތަށް ކަމަށާއި މީގެ އިތުރުން ޑްރައިވަރު ހުންނަ ސީޓު ހުންނަންވާނީ ވަކިން ޕާޓްސަން ޖަހައި ވަކިކޮށްފައި ކަމަށްވެސް އެ އުސޫލުގައި ވަނީ ބުނެފައެވެ. ޑަރައިވަރ ހުންނަންވާނީ ޑިސްޕޯސަބަލް މާސްކު އަޅައި އަންގި ލައްވައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

އެ ކާރުގައި ނުވަތަ އުޅަނދުގައި ކޮވިޑް-19 އިން ރައްކާތެރިވުމާއި ގުޅޭ މުހިންމު މަޢުލޫމާތު ފެންނަން ހުންނަން ވާނެ ކަމަށާއި އުޅަނދުގައި ބަލި މީހާ އުފުލަންވާނީ ޑްރައިވަރުގެ އިތުރުން އިތުރު އެހީތެރިޔަކާއި އެކުގައި ކަމަށްވެސް ވަނީ ބުނެފައެވެ. ބަލި މީހާ އާއި އެހީތެރިޔާ އަރުވަން ވާނި ފަހަތު ސީޓަށް ކަމަށާއި 2 މީހުންނަަށްވުރެ އިތުރަށް މީހުން އަރުވައިގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މި އުޅަނދުގައި އުފުލޭނީ އަމިއްލައަށް އިސީންދެ އިނދެވޭވަރުގެ މީހުން ކަމަށާއި އޮކްސިޖަން ދިނުން ފަދަ ހާއްސަ ފަރުވާއެއް ދޭ މީހަކު މި އުޅަނދުގައި އުފުލައިގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އުޅަނދު ދުއްވާ ޑްރައިވަރަކީ އުމުރުން 60 އަހަރުން ދަށުގެ ދާއިމީ ބައްޔަކަށް ބޭސް ނުކުރާ މީހަކަށް ވާން ޖެހޭނެކަމަށާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރި މީހަކަށް ވެގެން ނުވާނެ ކަމަށްވެސް އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ