ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ސްޕެނިޝް ލަލީގާ ފަށާނެ ތާރީޚަކީ 11 ޖޫން ކަމުގައި ކަނޑައަޅައިފިއެވެ.
ލަލީގާގެ ރައީސް ޓެބާސް މިކަން އިޢުލާންކޮށްފައިވާއިރު، 11 ޖޫންވާ ބުރާސްފަތި ދުވަހު ފެއްޓާ މިމުބާރާތް ނިމޭނީ އަންނަ ޖުލައި މަހުގެ19 ގައެވެ.
ސްޕެނިޝް ލަލީގާ ފެއްޓުމުގެ ހުއްދަ ސްޕެއިންގެ ސަރުކާރުން ދީފައިވަނީ މިދިޔަ ހަފްތާގައެވެ. މިފެށޭ ޖޫންމަހުގެ 8 ގައި ލަލީގާ ފެއްޓުމުގެ ހުއްދަ ސްޕެއިންގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒްދީފަވަނީ މިދިޔަ ހަފްތާގައެވެ.
#LaLiga will start on Thursday June 11th & it’ll end on July 19th.
(Ser) pic.twitter.com/RfOuBJQfpn— Goal Digger (@GoalDiggerFCB) May 28, 2020
ކޮވިޑް-19 އާއި ގުޅިގެން ލަލީގާގެ ކުޅުން މެދުކަނޑާލާފައިވަނީ މިދިޔަ މާރޗް މަހުން ފެށިގެންނެވެ. ކޮންމެ ޓީމަކުންވެސް މިހާތަނަށް 27 މެޗު ކުޅެފައިވާއިރު ލީގުގައި ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް 11 މެޗެވެ. 58 ޕޮއިންޓާއެކު އެއްވަނާގައި އޮއީ ބާސެލޯނާއެވެ. ވާދަވެރި ރެއަލްމެޑްރިޑް ދެވަނާގައި އޮތީ 56 ޕޮއިންޓާއެކުގައެވެ.
މިދެޓީމުގެ ފަރަގުގެ ގޮތުން އެންމެ ދެ ޕޮއިންޓް އޮތްއިރު، ކުރިއަށްއޮތް 11 މެޗަކީ ވަރަށްވެސް ފޯރިގަދަވާނެ މެޗުތަކެއްކަމަށް ލަފާކުރެވެއެވެ.
ލަލީގާ އަލުން ފައްޓާނެ ތާރީޚެއް ކަނޑައަޅާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލި ސްޕެނިޝް ލަލީގާ، ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނާގައި އޮތްނަމަ، އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލީސްކަމަށް ބާސެލޯނާގެ ކުރީގެ ރައީސެއްކަމަށްވާ ޖޯން ގަސްޕާޓް ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.




