މަހާތިރުގެ އަމިއްލަ ޕާޓީން އެމަނިކުފާނު ވަކިކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު އިސްވެ ހުންނަވާ އުފެއްދެވި ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ އޮފް މެލޭޝިއާއިން އެމަނިކުފާނު ވަކިކޮށްފިއެވެ.

އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހާތިރުގެ މެންބަރޝިޕް ވަގުތުން ވަގުތަށް ބާތިލް ކޮށްފައިވާ ކަމަށެވެ. މަހާތިރު ޕާޓީން ވަކިކުރި އިރު އެމަނިކުފާނަކީ އެޕާޓީގެ ޗެއާރމަންކަން ފާހަގަ ކޮށްލެވެއެވެ.

މައުލޫމާތު ލިބޭގޮތުގައި މަހާތިރު ޕާޓީން ވަކިކޮށްފައިވަނީ ޕާލަމެންޓުގައި ކުރިއަށްދިޔަ ސެޝަންއެއްގައި އިދިކޮޅު ފަރާތްތަކާއެކު މިމަހު 18 ވަނަ ދުވަހު ހުންނެވުމުންނެވެ. އަދި މުހިއްޔުއްދީން ޔާސީން އިސްވެ ހުންނަވާ އުފައްދަވައިފައިވާ މެލޭޝިއާގެ ސަރުކާރަށް މަހާތިރު ތާއީދު ނުކުރައްވާތީއެވެ.

ޔުނައިޓެޑް އިންޑިޖިނަސް ޕާޓީ އޮފް މެލޭޝިއާއިން ނެރެފައިވާ ސިޓީއެއްކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ސިޓީއެއްގައި ބުނެފައިވަނީ، މުހިއްޔުއްދީން ޔާސީން ބޮޑުވަޒީރުކަން ގަބޫލު ނުކޮށް އެމަނިކުފާނުގެ ސަރުކާރުވެސް ގަބޫލު ނުކުރާކަން ދެއްކެވުމުގެ ގޮތުން އިދިކޮޅު ފަރާތްތަކާއެކު ހުންނެވި ހިސާބުން މަހާތިރު ޕާޓީއިން އޮޓަމެޓިކުން ވަކިވެފައިވާ ކަމަށެވެ.

މި ސިޓީއަކީ ސައްހަ ސިޓީއެއްކަން މުހިއްޔުއްދީންގެ އަރިސް ފަރާތްތަކުން ކަށަވަރު ކޮށްދެއެވެ. ނަމަވެސް، މި ސިޓީ މަހާތިރަށް ރަސްމީކޮށް ލިބިފައި ނުވާތީވެ މަހާތިރުގެ ފަރާތުން މިކަމާއި ގުޅިގެން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ