އަލިފުށްޓާއި ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތެއް ހޯދަނީ

ރ.އަލިފުއްޓާއި، ފ.ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިޢުލާން ކޮށްފިއެވެ.

ޔޫތް މިނިސްޓްރީން މި ދެ ދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރި ނަމަވެސް، މަސައްކްތާ ގުޅޭ އިތުރު ތަފްސީލެއް އިއުލާންގައި ހާމަކޮށްފައެއް ނުވެއެވެ.

ޔޫތް މިނިސްޓްރީން ވިދާޅުވީ، ނިލަންދޫ ފުޓްބޯޅަދަނޑުގެ ޓާރފް އެޅުމުގެ މަސައްކަތް ކޮށްދޭނެ ޝައުގުވެރިވާ ފަރާތްތަކުން 2019 މެއި 13 ވާ ހޯމަ ދުވަހު ހެނދުނު 10:30 އަށް، ވެލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ ޔޫތް މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިމަހުގެ 20 ވާ ހޯމަ ދުވަހު ހެނދުނު 10:30 އަށް އެ މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުން އެދޭ ކަމަށެވެ.

އަލިފުށި ފުޓްބޯޅަދަނޑުގެ ޓާރފް އެޅުމުގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން، 2019 މެއި 13 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް، ވެލާނާގެ 3 ވަނަ ފަންގިފިލާގައި ހުންނަ ޔޫތް މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިމަހުގެ 20 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް އެ މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުން އެދޭ ކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވީ، ތ. ވިލިފުށީ ދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތެއް ހޯދުމަށް މިހަފްތާގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށެވެ.

ދެރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިދޭނެ ފަރާތެއް ހޯދުމަށް ޔޫތް މިނިސްޓްރީން އިއުލާން ކުރިއިރު، ހދ. ނޮޅިވަރަމް ފުޓްސަލްދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށްވެސް އެ މިނިސްޓްރީން ވަނީ ނިމުނު ހަފްތާގައި އިއުލާން ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް