ޗައިނާ އިން ފޭދޫ ފިނޮޅުގައި އަސްކަރީ މަރުކަޒެއް ގާއިމު ކުރަނީ؟

ޗައިނާއިން ރާއްޖޭގެ ރަށެއް ކަމަށްވާ ކ. ފޭދޫ ފިނޮޅުގައި ހަލުވި ކަމާއި އެކު އަސްކަރީ މަރުކަޒެއް ގާއިމު ކުރަމުންދާ ކަމަށް ބޭރުގެ ނޫހަކުން ބުނެފިއެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "EurAsian Times އަދި ސައުތް އޭޝިއަން މޮނިޓަރ" ގައި ބުނެފައިވާގޮތުން އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯ ތަކުން ފެންނަ ގޮތުގައި ފޭދޫ ފިނޮޅު ސައިޒުންވެސް މިހާރު ބޮޑުވަމުންދާ ކަމަށާއި ޗައިނާއިން ދަނީ ބާރު ސްޕީޑެއްގައި ފޭދޫ ފިނޮޅުގައި އަސްކަރީ މަރުކަޒެއް ގާއިމު ކުރަމުން ކަމަށް ބެލެވޭ ކަމަށެވެ.

ފޭދޫ ފިނޮޅަކީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބިޑަކާއި ނުލައި ފަޅުރަށްތަށް ދޫކުރުމުގެ އުޞޫލުގެ ދަށުން، ޗައިނާގެ "ޝެންޒެން ސުންޕެން އިންވެސްޓްމެންޓް"' އާއި ހޮންކޮންގެ "މިރީޗް އިންވެސްޓްމެންޓް" ގެ އިތުރުން ދިވެހި ވިޔަފާރިވެރިއެއް ހިއްސާވާ "ޕާލް އެޓޯލް" އަށް ރިސޯޓެއް ހެދުމަށް 50 އަހަރަށް ކުއްޔަށް ދީފައިވާ ރަށެކެވެ.

މިރަށް އެ ކުންފުންޏަކަށް ވިއްކާލިއިރު، ވިއްކާލި ކުންފުނީގެ ނަންވެސް އޭރު ސަރުކާރުން ހާމަ ނުކުރެއެވެ. މި ރަށް 4 މިލިއަން ޑޮލަރަށް އޭރުގެ ސަރުކާރުން ވިއްކާލީ ކަމަށްބުނެ ޓްރާންސްޕޭރެންސީ މޯލްޑްވްސް, އެމްޑީޕީގެ އިތުރުން އޭރުގެ އިދިކޮޅު ފަރާތްތަކާއި އެތަކެއް ޖަމިޔާތަކާއި ދިވެހި ރައްޔިތުން އަޑު އުފުލާފައިވެއެވެ.

މި ނޫހުގައިވާގޮތުން ޗައިނާއިން ފޭދޫ ފިނޮޅުގައި ހަގީގަތުގައި ވެސް އަސްކަރީ މަރުކަޒެއް ބިނާ ކުރަމުންދާ ކަމަށް ވަނީ ނަމަ މިއީ އިންޑިއާ ކަނޑުގެ މަސްލަހަތު ގެއްލި އިންޑިއާގެ ސަލާމަތަށް ވެސް ނުރައްކާ ވާނެ ކަމެއް ކަމަށް، ބޭރުމުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.

މި ނޫހުގައި އިތުރަށް ބުނެފައިވާނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ކުރީގެ ރައީސް ޔާމީން ބަލިވުމުން ޗައިނާއަށް ރާއްޖެއަށް ބާރު ފޯރުވަން ލިބުނު ފުރުސަތު ގެއްލުނު ކަމަށެވެ. ނަމަވެސް އަނެއްކާވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ގުޅުން ބަދަހިކޮށް ޗައިނާއިން އެބާރު އަލުން ހޯދަން މައްސަކަތް ކުރަމުންދާ ކަމަށްވެސް ބޭރުގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.

މިލިޔުން ކިޔާލުމުން
887410
ގުޅުންހުރި ލިޔުންތައް

9 Responses

  1. ggggg

    Haha PR in fonuvi ”hikumathu“ khabaru kahala khabareh.

  2. ކޮސްމީހުން

    ސަރުކާރަށް ވިކުނަސްތީ ބޮޑުވަރު? މީ ނޫސްވެރިކަމުގެ ހަލާކު

    12
    1
  3. ފޭދޫ ފިނޮޅު

    ޕޮސިބަލް ސަޕޯޓް ވެސެލް އޭ ޖަހާފަ އެފެންނަނީ އެތާ ފަރަށް އަރާ ވީރާނާވެފަ އޮތް ބޯޓަކަށް، ފިޝްފާރމިންގ އޭ ޖަހާފަ އެހެރީ ހަދަމުންދާ މޫދުކޮޓަރި ތަކަކަށް. ޚަބަރެއް ނުލިބުނަސް ތީ ބޮޑުވަރެއް

    43
    1
  4. ވަހީދު

    އައްޑޫގައި އިންޑިއާ އިން ހަދާ އަސްކަރީ ޓްރައިނިންގް ސްކޫލުގެ ވާހަަކަ ޚަބަރަކަށް ހަދައިގެން ލިޔެލަބަލަ. އެތާ މިހާރު ތިބި އިންޑިއާ ސިފައިންގެ ޢަދަދު ހާމަ ކޮށްލައްޗޭ ކެރެންޏާ. ވައިގައި ހިފާނެ ތަންކޮޅެއް.

    53
    3
  5. އަހުމަދު ހުސައިން ދީދީ

    ބިޑަކާނުލާ ހެޔޮއަގުގަ ރަށެއްހޯދަން ލާރިއެއްނެތްބަޔަކީތަ ޗައިނާ އެއީ؟ ހަމަޖެހޭ ވާހަކައެއްދައްކާލާނަމަވެސް ރަގަޅު

    36
    3
  6. ފައިސަލް

    އަކަ ކިލޯމީޓަރެއް ހަމަނުވާ ބިމެއްގައި އެޅޭނީ ރުއްގަލުބޭސް???

    44
    • ކެޕްޓަން ހުސެން

      އެރަށް ދީފައިވާ ގޮތެއް ބުނެދޭން ނޭގޭ.. އެކަމަކު ޔަގީންކަމާއެކު ބުނެލަން ބޭނުން.. ތިޔަ އޭރިއާ އަކީ 24/7 ގައި އަހަރެމެން މޮނިޓަރކުރާ ސަރަޙައްދެއް. އެއްވެސް ބައެއްގެ ޢަސްކަރީ ބޭހެއް ތިތާކު ނުވޭ. ބޭކާރު ވާހަކަތައް ކުރުކޮށްލާފަ ގޮސް ބަލާލަންވީނު. އޭރުން ގައިމުވާނެ.

      14
  7. Kinboo

    Kaleymen koss noos veru kan kohbala.. audeh budeh neugey beetgaa thakeh dho noosverikammey kiyaafa fithuna aufahdhanee.. mi news ah kiyanvee fithuna feshun news

    21
    3
  8. މީހެއް

    No

    9
    3
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ