ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓޮރޮލޮޖިކަލް ސަރވިސް އިން އިލްތިމާސް ކޮށްފިއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ ހއ އަތޮޅުން ޅ އަތޮޅާއި ދޭތެރެއަށް ޔެލޯ އެލާޓު އަދި މ އަތޮޅުން ލ އަތޮޅާއި ދޭތެރެއަށް ވައިޓް އެލާޓު ނެރެފައެވެ.
އުތުރަށް ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު 16:00 އިން ފެށިގެން މިރޭ 20:00 އާއި ހަމައަށެވެ. އުތުރުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށްވަނީ ލަފާކޮށްފައެވެ.
Alert Yellow for torrential rain, thunderstorms and gusts of 45 mph pic.twitter.com/S83tOwADQt
— Maldives Meteorology (@MetMaldives) May 29, 2020
ވައިޓް އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 13:45 އިން ފެށިގެން 19:00 އާއި ހަމައަށެވެ. މެޓު އޮފީހުން ބުނީ ވައިޓް އެލާޓު ވަގުތުގައި މި ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.
Alert White for the remaining parts has been extended. Valid till 1900LT pic.twitter.com/FDEvDnm9uR
— Maldives Meteorology (@MetMaldives) May 29, 2020
ކުރިޔަށް އޮތް 24 ގަޑިއަރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓު އޮފީހުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުނިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑު ވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.




