ބިދޭސީ މަސައްކަތްތެރިންތަކެއް މަސައްކަތުގައި - ފެށުން ފޮޓޯ: ވިސާމް

"ވަޒީފާ ތަކަށް ބިދޭސީން އަލުން އަނބުރާ ގެނައުމުގެ ކުރިން ދިވެހިންނަށް ޖާގަދީ"

ވަޒީފާތަކަށް ބިދޭސީން އަލުން އަނބުރާ ގެނައުމުގެ ކުރިން އެ ވަޒީފާތަކަށް ދާން ބޭނުންވާ ދިވެހިންނަށް ޖާގަ ދިނުމަށް މަޖިލީހުގެ ކުރީގެ މެންބަރު ރީކޯ މޫސަ ގޮވާލައްވައިފިއެވެ.

ރީކޯ މިހެން ވިދާޅުވެފައިވަނީ ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއިއެކު އަލުން މާލެ ސަރަހައްދުގައި ވަޒީފާތަކާއި، ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތައް ކުރުމުގެ ހުއްދަ ވަކި އުޞޫލެއްގެ ދަށުން ދިނުމަށް ސަރުކާރުން ނިންމާފައިވަނިކޮށެވެ. އެގޮތުން މި ފަދަ މަސައްކަތްތަކަށް ހުއްދަ ހޯދާއިރު، މުވައްޒަފުންގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެން ކަމުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުމުގެ ފުރުޞަތު ހަނިވެގެން ދާނެއެވެ.

ރީކޯ ވިދާޅުވެފައިވަނީ ކުންފުނިތަކާ ރިސޯޓްތަކާ އެހެންވެސް މަސައްކަތްތަކުގާ އުޅެފާ ފުރައިގެންއެދާ ބިދޭސީން އަނބުރާގެނައުމުގެ ކުރިން އެވަޒީފާ ތަކަށް ދާންބޭނުން ހުރިހާ ދިވެހީންނަށްޖާގަ ދިނުމަށްފަހު ނޫނީ އަލުން ބޭރުމީހުނަށް ފުރުސަތު ހުޅުވާ ނުލެއްވުން އެދޭކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާ ލުމުގެ މަސައްކަތްތަކެއް ވެސް ކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީންވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން އަނބުރާ ޤައުމަށް ގޮސްފައެވެ.

މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެފައިވަނީ ލޮކްޑައުން ނިމުނު ކަމުގައި ވިޔަސް ކުރިޔަށް އޮތް ތަނުގައި ޤަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ބިދޭސީންގެ މައްސަލަ އަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު، މި މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ރާއްޖޭގައި އެތައް ހާސް ބިދޭސީންނެއް ދަނީ ޤާނޫނާއި ޚިލާފަށް މަސައްކަތް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ