މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު - ފޮޓޯ: މަޖިލިސް

މުސާރައޭ ކިޔާފަ ޤައުމުގެ މިނިވަންކަމަށް، އަރައެއް ނުގަނެވޭނެ: ރީކޯ

މުސާރައިގެ މައްސަލައޭ ކިޔާފަ ޤައުމުގެ މިނިވަންކަމަށް އަރައިގަންނަށް ޖާގައެއް ނުދެވޭނެކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ރީކޯ ވިދާޅުވީ، މުސާރައިގެ މައްސަލައޭ ކިޔާފަ ޤައުމުގެ މިނިވަންކަމާއި، އިސްތިޤުލާލަށް އަރައިގަންނަށް ޖާގަނުދެވޭނެކަމަށާއި، މުސާރައިގެ މައްސަލަ ނުކުތީ ކޮވިޑް-19 ގެ ސަބަބުން މިޤައުމަށް ދިމާވި ދަތި ޙާލަތާއި ގުޅިގެންކަމަށެވެ.

އަދި ރީކޯގެ މިޓްވީޓްގައި ރާއްޖޭގެ ބޯޑަރު މިހާރު ހުޅުވާލާފައިވާއިރު، ޞައްޙަ ވިސާ އޮތް ބަންގްލަދޭޝް މީހުން މިވަގުތު އަނބުރާ ޤައުމަށް ފޮނުވާލުމަށްވެސް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހުން އެދިލައްވާފައިވެއެވެ.

ރީކޯ މިހެން ވިދާޅުވެފައިވަނީ މުސާރަ ނުދީގެން ބަންގްލަދޭޝް މީހުން ރާއްޖޭގައި މުޒާހަރާ ކުރުމާއިގުޅިގެންނެވެ. އެގޮތުން މުސާރަ ނުދީގެ ހުޅުމާލޭގައި ބިދޭސީންތަކެއް މީގެ ދެހަފްތާކުރިން މުޒާހަރާ ކޮށްފައިވެއެވެ. މީގެއިތުރުން މުސާރަ ނުދީގެންކަމަށްބުނެ ބ. އަތޮޅުގައި ހަދަމުންދާ ބޮޑުފިނޮޅު ރިސޯޓެއްގައި ބިދޭސީންތަކެއްވަނީ ދިވެހިމުވައްޒަފުންތަކެއްވެސް ރަހީނުކޮށްފައެވެ.

ބޮޑުފިނޮޅު މައްސާލަގައި 19 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މިމައްސަލަ މިހާރުވެސްދަނީ ތަޙުޤީޤުކުރެވެމުންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ