ހުއްދަ ނުނަގާ ބިދޭސީން މާލޭގެ ގޭގޭގައި މާރުކޭޓުތައް ހުޅުވަނީ

ރާއްޖޭގައި އުޅޭ ބިދޭސީން އެއްވެސް ހުއްދައެއް ނެގުމަކާ ނުލައި ގޭގޭގައި މާރުކޭޓުތައް ހުޅުވައިގެން ކާބޯތަކެތި ވިއްކަމުންދާ ކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ރީކޯ ވިދާޅުވެފައިވަނީ ލޯކަލް މާރުކޭޓުން ބިދޭސީންނަށް ޖާގަ ނުލިބެން ފެށުމުން މާލޭގެ ގޭގޭގައި މިހާރު މާރުކޭޓުތައް ހުޅުވައިގެން އެމީހުން ކާބޯތަކެތި ވިއްކަމުންދާކަމަށާއި މިކަން ކުރުމުގައި ހުއްދައެއް، ސާފުތާހިރުކަމެއް އަދި އުޞޫލެއްވެސް ނެތްކަމުގައެވެ. ރީކޯ ވިދާޅުވެފައިވަނީ ރާއްޖޭގައި ބަލި ފެތުރޭ ވަރުން ފެތުރެނީ ކަމަށާއި ކޮވިޑް ކޮންޓްރޯލް ނުވުމުން ދައްކަނީ ނުވާ ވާހަކަ ކަމަށެވެ.

ރާއްޖޭގައި ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން މިއަހަރުގެ ތެރޭގައި ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކޮވިޑް-19 ގެ ދުވަސްވަރު ސަރުކާރުން ވަނީ ޤަވާއިދާއި ޚިލާފަށް އުޅޭ ގިނަ ބިދޭސީންތަކެއް އަނބުރާ ގައުމަށް ފޮނުވާލައިފައެވެ.

މީގެ އިތުރުންވެސް މި ދިޔަ އަހަރުގެ ތެރޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސަރުކާރުން ވަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.

ރީކޯ ވިދާޅުވެފައި ވަނީ ސައްޙަ ވިސާއެއް ނެތި އާއްމުތަންތާނގައި ބިދޭސީންނަށް ނުއުޅެވޭނެކަން ދާދިފަހުންވެސް ރާޖޭގެ ކޯޓަކުންކުރި ޙުކުމުން އެނގެން އެބައޮތްކަމަށާއި އަދި އެފަދަ މީހުން ޤައުމަށް ދެވެންދެން ތިބެންޖެހޭނީ އިދާރީ ބަންދެއްގައި ކަންވެސް އެ ހުކުމުން އެނގޭކަމަށެވެ.

ރީކޯ ވިދާޅުވެފައިވަނީ ބިދޭސީންގެ މައްސަލަތައް ހުއްޓުވޭނީ ޤާނޫނު ތަންފީޒު ކުރާބަޔަކު މިކަންކަން ޤަބޫލުކޮށްގެން ކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

2 Responses

  1. the soup

    Mi baivaru raajje etherevaairu kamaabehey muvassasaathakuge muvazzafun ge masooliyyathu kobaatho. gaumashaa vazeefaa’ah thedhuverivaanama .rayyithun’nah gaddhaaru nuvaane. balaaverikan mihaaru miothee thahammalu kuran jehifaaaaa. u

  2. ޜުޅި

    ގޭގޭގައެކަންޏެއްނޫން. މަގުމަތީގައިވެސް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ