ބްލެކްމެއިލްކޮށްގެން މާލެ ގެނެސް ކުޑަކުއްޖަކު ރޭޕްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް 2020 މެއި 28 ވަނަ ދުވަހުގެ ފަތިހު 05:37 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ ކަމަށެވެ.
"މި މައްސަލަ ހުށަހެޅުމާއި އެކު މިކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިން. އިސްވެދެންނެވުނު ކުއްޖާ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި، އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރު." ފުލުހުން ވިދާޅުވިއެވެ.
މި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މި މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
"މި މައްސަލައާ ގުޅިގެން ތަހްޤީޤުގައި މިހާތަނަށް ބެލިބެލުމުން އިސްވެދެންނެވުނު އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއްކައިރިއަށް ކުއްޖާ އެކަނިކަން އެނގޭ. އަދި އިސްވެދެންނެވުނު އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހްޤީޤަށް ފާހަގަ ކުރެވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކީ ކުށުގެ ރެކޯރޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ކުޑަކުދިން ޤުރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ޢަމަލު ކުރާ މީހުންނާއިމެދު ޤާނޫނީގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު މިސަރވިސްއިން އަޅަމުން ގެންދާނެކަމުގައި ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަރނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި، ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއި އެކު ކުދިން ތަންތަނަށް ނުފޮނުވުމާއި، ކުދިންގެ ރައްކާތެރިކަމަށް އަޅުއްވަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެވެ.
މިފަދަ މައްސަލަ ތަކުގެ މަޢުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ފޯން 3000600 ނުވަތަ 9790163 އަށާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަހްޤީޤް ކުރަމުންނެވެ.
ހިޔާލު
އަވަހައް އުޅޭ ދެން ޢެމީހާ ދޫކޮއްލަން މުޖުތަމައު ތެރެއަށް.. އޭރުން އެ ހުރީ ފުލުހުން ޢަށް ޢެންމެ ޢެކަށީގެންވާ ޢެންމެ ފުރިހަމައަށް މަސްސަލަ ބެލި ދޭންވީ އެންމެ އެކަށީގެން ވާ ފުރިހަމަ އަދަބު ދެވިފަ.. ހިހިހިހިހިހި
ބްލެކް މެއިލް ކޮށްގެން މާލެ ގެންދާއިރު އިނގޭނެ ދޯ ކޮންކަހަލަ ބޭނުމެއްގަކަން އެކަން އުކުރަނީ. އެކުއްޖާގެ މައިންބަފައިން އިހުމާލުވެސް ވަރަށް ބޮޑުދޯ މިކަމުގައި
މައިންބަފައިން އަދި ކުއްޖާވެސް ކުއްވެރު ކުރަން.. 16 އަހަރުން ދަށޭ ބުންޏަސް މިހާރު މިއުޅޭ ކުދިން ވަރަށް ފުންނާބު ޢުސްކޮށް އުޅެނީ.. އެހެންވީމަ އެންމެ މީހަކު ކުއްވެރި ކުރުން ކަޑަ
ކޮމެންޓް ކުރުން ބަންދު