ފޮޓޯ: ފުލުހުން

ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން 10 މީހުން ހައްޔަރުކޮށް 208 މީހުން ޖޫރިމަނާކޮށްފި

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން އިއްޔެ އެކަނިވެސް 10 މީހުން ހައްޔަރުކޮށް 208 މީހުން ޖޫރިމަނާކޮށްފި އެވެ.

މާލެ ލޮކްޑައުން ކުރުމާއިއެކު ފުލުހުންގެ ހުއްދަ އެއް ނަގައިގެން ނޫނީ ގެއިން ބޭރަށް ނިކުތުންވެސް ވަނީ މަނާކޮށްފައެވެ. ލޮކްޑައުންގެ އަމުރާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ހައްޔަރު ކުރަމުން ދިޔަ ނަމަވެސް، އަމުރާ ޚިލާފުވާ މީހުންގެ އަދަދު މަދެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން 355 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 6 މިލިއަނުން މައްޗަށް އަރާފައިވާއިރު ރާއްޖޭއިން މި ބައްޔަށް މިހާތަނަށް ވަނީ 1672 މީހުން ވަނީ ޕޮސިޓިވްވެފައެވެ.

ދުނިޔޭގެ އެކި ހިސާބުން މިބަލީގައި އެތައްބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާއިރު ރާއްޖެއިން ކޮވިޑް-19 ޖެހިގެން 5 މީހަކުވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ