ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ބާސެލޯނާ ތެދުވެއްޖެ

ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ސްޕެއިންގެ ބާސެލޯނާ ތެދުވެއްޖެއެވެ.

ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ބާސެލޯނާއިން ތެދުވެފައި މިވަނީ، އެމެރިކާގެ މިނިސޯޓާގައި ކަޅު ނަސްލުގެ މީހަކު ހައްޔަރު ކުރުމަށް ދޮން ނަސްލުގެ ފުލުހަކު އަމަލު ކުރި އަނިޔާވެރި ގޮތާ ގުޅިގެން އެމީހާ މަރުވުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ބާސެލޯނާއިން ބުނީ، ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް އަބަދުވެސް އެކްލަބުން ތެދުވާނެކަމަށާއި، މިހާގެ ޖިންސާއި، ނަސްލުން އަދި ހަމުގެ ކުލައިގެ ގޮތުން އެމީހަކު ތަފާތުކޮށްގެން ނުވާނެކަމަށެވެ. އަދި ބާސެލޯނާއިން މިކަން ސިފަކޮށްފައިވަނީ، މިއީ މުޅި ދުނިޔެއަށް ދިމާވެފައިއޮތް ބަލިމަޑުކަމެއްކަމެއްގެ ގޮތުގައެވެ.

ޖޯޖް ފްލޯއިޑް ނަމަކަށް ކިޔާ ކަޅު ނަސްލުގެ މިމީހާ ހައްޔަރުކުރާ ވީޑިއޯ އާންމުވެފައިވާއިރު، ވީޑިއޯއިން ފުލުސް އޮފިސަރު ޑެރެކް ޝޮވިން، 46 އަހަރުގެ ޖޯޖް ފްލޯއިޑްގެ ކަރަށް ފައި އަރުވައިގެން 8 މިނަޓާއި 46 ސިކުންތު ވަންދެއް ހުންނަ މަންޒަރު ފެނެއެވެ. އަދި ފްލޯއިޑްއަށް ނޭވާ ނުލެވޭ ކަމަށް ބުނެ އޭނާ އާދޭސް ކުރާ އަޑުވެސް ވީޑިއޯއިން އިވިގެންދާއިރު، އޭގެ ކުޑަ އިރުކޮޅެއް ފަހުން ފްލޯއިޑްގެ އަޑު ހުއްޓެއެވެ.

މިހާދިސާއަށްފަހު ފްލޯއިޑް ހޮސްޕިޓަލަށް ގެންދިޔަނަމަވެސް، އޭނާ މަރުވެފައިވާ ކަން ހޮސްޕިޓަލުންވަނީ އަންގާފައެވެ. ފްލޯއިޑް ހައްޔަރު ކުރަން ފުލުހުން ދިޔައީ އޭނާ ފިހާރައެއްގައި 20 ޑޮލަރުގެ ވަގު ނޫޓެއް ބޭނުން ކުރަން އުޅުނު ކަމަށް ބުނެ އެ ފިހާރައިގެ ސޭޓު ފުލުހުންނަށް ގުޅުމުންނެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ