ރާއްޖޭގެ އުތުރުން ތޫފާނެއް އުފެދެނީ!

ރާއްޖޭގެ އުތުރުން އިންޑިއާގެ ލަކްޝަދީބް ސަރަހައްދުގައި ތޫފާނެއް އުފެދެމުންދާ ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ލަކްޝަދީބް ސަރަހައްދުގައި މިހާރު އުފެދިފައިވާ ލޯ ޕްރެޝާރ ޓްރެކް ކުރިއަށް އޮތް 12 ގަޑިއިރު ތެރޭ ޑިޕްރެޝަން އަކަށް ބަދަލުވެ 24 ގަޑިއިރު ތެރޭ ތޫފާނަކަށް ބަދަލުވާނެ ކަމަށެވެ. މި ތޫފާނަށް "ނިސަރުގާ" ގެ ނަމުން ނަންދީފައިވާއިރު 24 ގަޑިއިރު ތެރޭ މި ތޫފާނު އުފެދި މިސްރާބު ހުންނާނީ ރާއްޖެއާއި ދުރަށް އިންޑިއާގެ މަހަރާޝްތުރާ އަދި ގުޖުރާތަށް ކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

ލަކްޝަދީބް ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން އިއްޔެ އިން ފަށައިގެން މަހަރާޝްތުރާ އަދި ގުޖުރާތުގެ އައްސޭރި ފަށަށް އިންޑިއާގެ މުސުމާއި ބެހޭ އިދާރާއިން ވަނީ ރަތް ސަމާލު ނެރެފައެވެ. ތޫފާން "ނިސަރުގާ " މަހަރާޝްތުރާ އަދި ގުޖުރާތުގެ އައްސޭރިފަށަށް އަރާނެ ކަމަށް ބެލެވެނީ އަންނަ އަންގާރަ ދުވަހުއެވެ.

އިންޑިއާ އަށް އަނެއްކާވެސް ތޫފާނެއްގެ އިންޒާރު ދީފައި މި ވަނީ ބޭ އޮފް ބެންގާލްގައި އުފެދުނު "ތޫފާން އަމްފާން" މިދިޔަ މަހު 20 ވަނަ ދުވަހު އިންޑިއާގެ ވެސްޓް ބެންގާލް އަދި ބަންގުލަދޭޝްއަށް އަރައި 128 މީހުން މަރުވެ ލިބުނު ގެއްލުން ތަކުން އަރައި ނުގަނެވި އުޅެނިކޮށް ކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
21236
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ