ޒައިނެއްދިން ޒިދާން - ފޮޓޯ: ފޮކްސް ސްޕޯޓްސް އޭސިއާ

ލިވަޕޫލް އަތުން ބާސާ ދައްވިޔޭކިޔާފަ ރެއަލްމެޑްރިޑުގެ ސީޒަން ރަނގަޅެއްނުވޭ – ޒިދާން

ޗެމްޕިއަންސް ލީގު ސެމީގައި ވާދަވެރި ބާސެލޯނާ ލިވަޕޫލް އަތުން ދައްވިޔޭކިޔާފަ ރެއަލްމެޑްރިޑުގެ ސީޒަން ވަކި ރަނގަޅު ނުވާކަމަށް ރެއަލްމެޑްރިޑްގެ ކޯޗު ޒިދާން ބުނެފިއެވެ.

މިސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ރެއަލްމެޑްރިޑް މިސީޒަން ނިންމާލަން ޖެހިފައިއޮތީ ހުސްއަތާއެވެ.

ލަލީގާގައި މާދަމާރޭ ރެއަލް ސޮސިޑޭޑްއާއި ދެކޮޅަށް ނިކުންނަ މެޗުގެ ޕްރެސް ކޮންފްރެންސެއްގައި ނޫސްވެރިޔަކު ލިވަޕޫލްއަތުން ބާސާ ދަށްވި މެޗާއި ގުޅޭގޮތުންވަނީ ސުވާލުކޮށްފައެވެ. އަދި އެސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ޒިދާން ބުނީ ބާސެލޯނާ ލިވަޕޫލް އަތުން ދައްވިޔޭކިޔާފަ ރެއަލްމެޑްރިޑުގެ ސީޒަން ވަކި ރަނގަޅު ނުވާކަމަށެވެ.

ވޭތުވިދިޔަ އަހަރުތަކުގައި ރެއަލްމެޑްރިޑްގެ ފަރާތުން ޗެމްޕިއަންސް ލީގުގައި ފެނިގެން ދިޔައީ ވަރުގަދަ ކުޅުމެއްކަމަށާއި އަދި ލިބުނު ކާމިޔާބީތަކަކީ އެއްވެސް ބަޔަކަށް އަތުނުލެވޭނެ އެއްޗެއްކަމަށް ޒިދާން ބުންޏެވެ.

މިދިޔަ ދުވަސްތަކުގައި އަނިޔާގައި ހުރި ކަރިމް ބެންޒެމާ މާދަމާ ރޭގެ މެޗުން ފެންނާނެކަން ޒިދާންވަނީ ކަށަވަރުކޮށްދީފައެވެ. އަދި ބެންޒެމާ އޭނާގެ ރެކޯޑާއި ދޭތެރޭ ވިސްނުމަކީ މައްސަލައެއް ނޫންކަމަށާއި ބެންޒެމާ އަބަދުވެސް ބޭނުންވަނީ ލަނޑުޖަހައިދީ ޓީމު މޮޅުވުމަށް އެހީވުމަށްކަމަށް ޒިދާން ބުންޏެވެ.

ބްރަހިމް އަދި މާކޮސް ލޮރެންޓޭ ވިއްކާލަން އުޅޭކަމުގެ އަޑުތައް ފެތުރެމުންދާކަމަށާއި އެއީ ކިހާވަރެއްގެ ތެދެއްތޯ ޒިދާންއާއި މިކޮންފެރެންސްގައި ސުވާލުކުރެވުނެވެ.

މާކޯސްގެ ކުޅުމާ ވަރަށް ގަޔާވާކަމަށާއި އަލްވެސްގައި އޭނާ ދެއްކީ މޮޅުކުޅުމެއްކަމަށް ޖަވާބުގައި ޒިދާން ބުންޏެވެ. އަދި އުމުރުން 19 އަހަރުގެ ބްރަހިމްއަކީ އިތުރު ފުރުޞަތު ބޭނުންވާ ކުޅުންތެރިއެއްކަމަށާއި ކޮން ކުޅުންތެރިންނެއް ކަމެއް މަޑުކުރަނީ އަދި ކޮންކުޅުންތެރިންނަށް ކަމެއް ދަނީ އަދި ނޭނގޭ ކަމަށް ބުންޏެވެ.

މިސީޒަންގެ ރެއަލްމެޑްރިޑްގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން އަންނަ ސީޒަންގައި ރެއަލްމެޑްރިޑަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް ލަފާކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ