ރައްޔިތުން މަޖިލީހުގެ ރިޔާސަތުން އަންގައިގެން މެމްބަރުންލައްވާ އެއްވެސް މެމްބަރަކު ތަޅުމުން ބޭރުކުރުމަކީ ހުއްދަކަމެއް ނޫން ކަމަށް ކުރީގެ ރައްޔިތުން މަޖިލީހުގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ މޫސާ މިހެން ވިދާޅުވެފައިވަނީ، އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރީކޯ މޫސަ ވިދާޅުވީ، މަޖިލީހުގެ މެންބަރަކު ނަން އިއްވައި ބޭރަށް ނުނިކުމެއްޖެ ކަމުގައިވާ ނަމަ އަމަލުކުރަން ޖެހޭ އުސޫލަކީ، މަޖިލިސް މެދުކަނޑާލާ ސެކިއުރިޓީން ލައްވާ އެ މެންބަރަކު ބޭރަށް ނެރުން ކަމަށާއި، އެއާ ހިލާފަށް މަޖިލީހުގެ ރިޔާސަތުން އެހެން މެންބަރުންނަށް އަންގައިގެން އެމެންބަރަކު ބޭރަށް ނެރުމަކީ ހުއްދަކަމެއް ނޫން ކަމަށެވެ. އަދި އެއީ ކުށެއް ކަމަށްވެސް ރީކޯ މޫސަ ވިދާޅުވިއެވެ.
މެމްބަރެއްގެ ނަން އިއްވުމުން ބޭރަށްނުދާނަމަ މަޖްލިސްމެދުކަނޑާލާ ސެކިއުރިޓީންލައްވާ. އެމެމްބަރަކުތަޅުމުންނެރެންޖެހޭނީ އެއާޚިލާފަށް ރިޔާސަތުން އެހެންމެމްބަރުންނަށް އަންގައިގެން މެމްބަރުންލައްވާ އެއްވެސް މެމްބަރަކު ތަޅުމުންބޭރުކުރުމަކީ ހުއްދަކަމެއްނޫން އެފަދަޢަމަލެއްކުރުމަކީ ކުށެއް
— Reekomoosa (@ReekoMoosa) June 2, 2020
ރީކޯ މޫސަ މިފަދަގޮތަކަށް ވިދާޅުވެފައި މިވަނީ، ރޭގެ މަޖިލީހުގެ ޖަލްސާއަކީ ގާނޫނާއި ހިލާފަށް ކުރިއަށްދާ ޖަލްސާއެއްކަން ފާހަގަ ކުރައްވައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގައި ނުރުހުންފާޅުކޮށް އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުން އޭނާގެ ނަން އިއްވެވުމުން ބޭރަށް ވަޑައިނުގަތުމުން މެންބަރުންތަކެއް ޝިޔާމް ގަދަކަމުން ބޭރަށް ނެރުމާއި ގުޅިގެންނެވެ.
Just look at @MohamedNasheed He was acting like that on 7th February 2012 too. pic.twitter.com/pjBCp1T0RO
— Ahmed Azaan (@axanner) June 1, 2020
ރޭގެ ހިނގި ހަމަނުޖެހުމުގައި އަނިޔާވެގެން ޝިޔާމް ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައެވެ. އަދި އޭނާ ވަނީ މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ މިހާރު ފުލުހުންނަށްވެސް ހުށަހަޅުއްވާފައެވެ.



