ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ތިލަފުށިން ހައްޔަރުކުރި 133 ބިދޭސީންގެ ތެރެއިން 7 މީހުން ފިޔަވައި އެންމެން ދޫކޮށްލައިފި

ތިލަފުށިން ހައްޔަރުކުރި 133 ބިދޭސީންގެ ތެރެއިން 7 މީހުން ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، ތިލަފުށީގައި މިއަދު ހިންގި ހަމަ ނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެނެސް ހުއްޓުވި 133 މީހުންގެ ތެރެއިން 7 މީހަކު ޙައްޔަރުކުރުމަށްފަހު އެހެން މީހުން ދޫކޮށްލާފައިވާކަމަށެވެ. މިހުރިހާ މީހުން ނިސްބަތްވަނީ އަވައްޓެރި އިންޑިއާއަށްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ތިލަފުށީގައި ހަމަނުޖެހުން ހިންގާފައި ވަނީ އެރަށުގައި ތިބި އައިމާ ކޮންސްޓްރަކްޝަންގެ ބިދޭސީންނާއި ފުލުހުންގެ މެދުގައެވެ.

އަދި މިހަމަނުޖެހުމުގައި ދެ ފުލުހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން މިހަމަނުޖެހުމައި އެއްވެސް ފުލުހަކު ރަހީނުކޮށްފައިވޭތޯ މީޑިއާއިން ކުރި ސުވާލަކާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެފަދަކަމެއް ހިންގާފައިނުވާކަމަށެވެ.

މަޢުލޫމާތު ލިބޭގޮތުގައި ހަމަނުޖެހުން ހިނގާފައިވަނީ އެރަށުގައި މަސައްކަތް ކުރާއައިމާ ކޮންސްޓްރަކްޝަނުން ނުދޭ ކަމަށް ބުނެ ޝުއޫރު ފާޅުކުރަން ހިންގި ހަރަކާތްތަކަށް ފަހުގައެވެ.

ތިލަފުށީގައި މިއަދު ހަވީރު ހިނގި މިހަމަނުޖެހުން ފުލުހުން މިހާރު ކޮންޓްރޯލްކޮށްފައިވާއިރު، މިހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ސިފައިން ބައިވެރިވެފައިނުވާކަމަށް މޭޖަރ އިބްރާހިމް އާޒިމްވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ