ނޭމާގެ ކޮއްކޮ ލިޔޯންއާއި ގުޅިއްޖެ

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާގެ ކަޒިން ކޮއްކޮއެއްކަމަށްވާ ރައުޑެމަން ސަންތިއާގޯ ފްރާންސް އެފްސީ ލިޔޯންއާއި ގުޅިއްޖެއެވެ.

ނޭމާއެކޭ އެއްގޮތަށް ސަންތިިއާގޯވެސްވަނީ ސަންތޯސްގެ އެކަޑަމީއިން ތަމްރީނުވެފައެވެ. އުމުރުން 26 އަހަރުގެ ސަންތިިއާގޯ ލިޔޯންއަށް އައިސްފައިވަނީ މިދިޔަ ހަފްތާގައެވެ. އެއަށްފަހު ނޭމާ ކައިރިއަށް ޕެރިސްއަށް އޭނާ ޒިޔާރަތްކޮށްފައިވާކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

ސަންތިއާގޯ އެފްސީ ލިޔޯންއަށް ގެނެސްފައިވާކަން އެކްލަބުން ރަސްމީކޮށްވަނީ އިޢުލާންކޮށްފައިވަނީ ހޯމަ ދުވަހުއެވެ. އެފްސީ ލިޔޯންއަކީ ފްރާންސްގެ ހަވަނަ ޑިވިޒަންގައި ކުޅެމުން އަންނަ ޓީމެކެވެ. 1983 ގައި އުފެދުނު މިކްލަބަކީ ފްރާންސްގައި ތިންވަނައަށް އެންމެ ދުވަސްވީ ކްލަބެވެ. އެކްލަބުގެ އެކަޑަމީ އެންމެ ފާހަގަކޮށްލެވެނީ ފުޓްބޯޅައިގެ ދާއިރާއަށް ޒުވާން މޮޅެތި ކުޅުންތެރިން ނެރެދޭ އެކަޑަމީއެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ